ފުރަތަމަ ބުރުން މޮޅުނުވީ ކެމްޕެއިނުގައި އޯވާކޮންފިޑެންސްވުމުން، މިހާރު ސީރިއަސްވާން އެނގިއްޖެ: އިމްރާން

Follow @loamaaOnline
---

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު ޝައިހް އިމްރާން އަތްތިލަބަޑި ޖައްސަވަަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު


ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކަށް މޮޅުނުވެވުނީ ކެމްޕެއިންގެ ދުވަސްވަރު "އޯވާކޮންފިޑެންސް" ވެވުމުން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނާކާމިޔާބަށް ފަހު އެމްޑީޕީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި  އެމްޑީޕީއަށްވީ ގޮތަކީ، ތަންކޮޅެއް ބާރަށް ދުވެވޭކަމަށް ހީކޮށް ތަންކޮޅަކަށް ދުވެފައި ކުޑަކޮށް މަޑުކޮށްލެވުނީ ކަމަށެެވެ.

"އަޅުގަނޑުމެންގެ ބޭފުޅުން ކެމްޕެއިން ދުވަސްވަރުގައި ތަންކޮޅެއް ހަމަ ހަގީގަތުގައިވެސް އޯވާކޮންފިޑެންސްވީ، މިއަދު އެމްޑީޕީ މީހުންނަށް އެބަ އެނގޭ ސީރިއަސްވާންވެއްޖެ ކަން. އަދާލަތު މީހުންނަށް އެނބަ އެނގޭ. އެމްޑީއޭ މީހުންނަށް އެނބަ އެނގޭ" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ކެމްޕެއިންގެ ފޯރި އިތުރަށް ގަދަކޮށް 30 ވަނަ ދުވަހު އޮންނަ ދެވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެ ކަމަށެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok