ޑރ. މުއިއްޒުއަށް ތާއީދުކުރަން އެމްއެންޕީން ނިންމައިފި

Follow @loamaaOnline
--

އެމްއެންޕީން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގެ ތެރެއިން----


މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާ އެކު ކުރިއަށް ދާން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެމްއެންޕީން މިރޭ ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި މުއިއްޒަށް ތާއީދުކުރަން ނިންމީ އެމްއެންޕީން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ. 

އެ ބައްދަލުވުމުގައި ނިންމީ ކޯލިޝަން ހެދުމަށް މުއިއްޒުގެ ފަރާތުން ލިބުނު ދައުވަތު ގަބޫލުކޮށް، އެ ޕާޓީއާ މަޝްވަރާ ކުރުމަށެވެ. މިއާއެކު އެމްއެންޕީ ވެގެން ގޮސްފައި މިވަނީ މުއިއްޒުއާއެކު ކޯލިޝަން ހެދި ފުރަތަމަ ޕާޓީއަށެވެ. 

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްއެމްޕީގެ ކެންޑިޑޭޓް، އަދި އެ ޕާޓީގެ ރައީސަށް ލިބުނީ 1،907 ވޯޓެވެ.

ފުރަތަމަ ބުރު 15،000 ވުރެ ގިނަ ވޯޓުގެ ތަފާތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ މުއިއްޒެވެ. އެގޮތުން މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ.

މުއިއްޒުއާ ކޯލިޝަން ހެދުމަށް އެމްއެންޕީން ނިންމިިއިރު މުއިއްޒު ވަނީ ގައުމު ދެކެ ލޯބިވާ ޕާޓީތަކަށާއި ސިޔާސީ ލީޑަރުންނަށް  އޭނާއާއެކު ކޯލިޝަން ހަދަން ރޭ ބޭއްވި ޖަލްސާގައި ދައުވަތު ދެއްވައިފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok