މޮރިޝަސް ބޮޑު ވަޒީރަށް ރައީސް ފޮނުވި ސިޓީ ލީކްވެއްޖެ

Follow @loamaaOnline
--

ރައީސް ސޯލިހާއި މޮރިޝަސްގެ ބޮޑުވަޒީރު--- ފޮޓޯ: ރައީސް އޮފީސް


ރާއްޖޭގެ އިމުގެ މައްސަލައިގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް އިބްރާހީމް ޞާލިޙް ފޮނުއްވި ސިޓީ ލީކްވެއްޖެއެވެ.

ލީކުވެފައިވާ ސިޓީއަކީ ސައްހަ ސިޓީއެއްކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވައިފައެވެ. އަދި އެ ސިޓީ ލީކުވި ގޮތް ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީން މީގެ ކުރިން ތުހުމަތުކޮށްފައިވާ ގޮތުގައި ރައީސްގެ އެ ސިޓީއަކީ، ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ދިނުމަށް އެއްބަސްވެ ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ. ނަމަވެސް ލީކުވި ސިޓީގައި އެފަދަ އެއްވެސް ވާހަކައެއް ނެތެވެ.

އެ ސިޓީގައި ރައީސް ވިދާޅުވެފައިވަނީ ރާއްޖެއަކީ އަބަދުވެސް އިސްތިއުމާރާ ދެކޮޅަށް އޮތް ގައުމެއް ކަމަށާއި އެހެންކަމުން ޔޫއެންގައި މޮރިޝަސްއިން އިސްތިއުމާރާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓްދޭނެ ކަމަށެވެ. 

މީގެ އިތުރުން އެ މައްސަލައާ ރާއްޖެއިން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށް ބުނެފައިވެއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok