މައްސަލަ އަނބުރާ ގެންދިއުމުން މާނަ ފުން ލަވައަކުން ނަޝީދުގެ މަލާމާތެއް އެމްޑީޕީއަށް

Follow @loamaaOnline
---

ރައީސް ނަޝީދު-- ފޮޓޯ: މިހާރު


އެ މަނިކުފާނާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އެ ޕާޓީން އަނބުރާ ގެންދިއުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލަވައަކުން އެމްޑީޕީއަށް މަލާމާތެއް ކުރައްވައިފި އެވެ.

އެމްޑީޕީގެ 33 މެމްބަރުންގެ ސޮޔާއެކު މިއަދު ވަނީ ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

މަޖިލީހުގެ ޖަލްސާ ނިންމާލުމަށްފަހު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ މަޖިލީސްގެ ތަޅުމުގައި ހުންނަވައިގެން ލަވައެއް ވިދާޅުވާ ވީޑިއޯއެއް ނަޝީދު ވަނީ ހިއްސާ ކުރައްވާފަ އެވެ. "ޒީރޯ ޑިގްރީ އެޓޯލް" ގެ އެ ލަވައިގައި ކިޔަނީ "ވަޔަށާ އޮއިވަރު ރަނގަޅަށް ނުބަލާ، ހިޔަލެއްގައި ތިބެ ދަތުރަށް ނުފުރާ،" މިހެންނެވެ. 

މެންބަރު އިންތި ލަވަ ވިދާޅުވާ އެ ވީޑިއޯ ހިއްސާ ކުރައްވަމުން ރައީސް ނަޝީދު ލިޔުއްވާފައި ވަނީ "ހުޅަނގާ ދެކުނާ ވަކިނުވި ނަމައީ، އޮޅިގެން ނަމަނަމަ ދަތުރަށް ނުފުރާ،" މިހެނެވެ. 

ރައީސް ނަޝީދުގެ އެ ޓުވީޓުގައި މަޖިލީހުގެ ނައިބު ރައީސް އަދި ނަޝީދުގެ ކޮއްކޯފުޅު އީވާވެސް ވަނީ ބައިވެރިވެވެވަޑައިގެން އެ ލަވައިގެ ޅެމުން ތަންކޮޅެއް ޓްވިޓާގައި ހިއްސާ ކުރައްވާފަ އެވެ.

"ރިޔަލެއް މާ ބޮޑު އޮތަކަސް ލިބިފާ، ދިޔަގަނޑު ނުހިކޭނަމައީ އެކުގާ، ވަޔަށާ އޮއެވަރު ރަނގަޅަށް ނުބަލާ، ހިޔަލެއްގާތިބެ ދަތުރައް ނުފުރާ،" އީވާ ލިޔުއްްވިއެވެ. 

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ސޯލިހުގެ މައްޗަށް 15،000އެއްހާ ވޯޓުގެ ތަފާތުން ކުރި ހޯއްދަވައިފައެވެ. ފުރަތަމަ ބުރުން ނަޝީދު އުފެއްދެވި "ދަ ޑިމޮކްރެޓްސް"ގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް 15،000 ވޯޓު ލިބުނެވެ. އެހެންކަމުން ދެވަނަ ބުރެއްގައި ރައީސް ސޯލިހަށްވެސް މުއިއްޒަށްވެސް ޑިމޮކްރެޓްސްގެ ތާއީދު މި ދަނޑިވަޅުގައި ވަރަށް މުހިންމެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok