ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަން ނިންމައިފި

Follow @loamaaOnline
--

--


ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިރޭ ނިންމައިފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އެގޮތަށް ނިންމި އިރު، މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އޮތީ އެޖެންޑާކޮށްފައެވެ. 

ރައީސް ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކަމަށެވެ.

އެމްޑީޕީގެ 54 މެމްބަރުން ސޮޔާއެކު މަޖިލިހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ، އެމްޑީޕީން އެ މަނިކުފާނު ވަކިވުމުގެ ކުރީން މިދިޔަ ޖޫން މަހުއެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ 50 މެންބަރުންގެ ސޮޔާއެކު ހުށަހެޅީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހުއެވެ. 

މަޖިލިސް ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލައިގެ އެ ދެބޭފުޅުންނަށްވެސް 14 ދުވަހުގެ ނޯޓިސްވެސް ފޮނުވިއެވެ، . ނަމަވެސް މިދިޔަ ޖުލައި މަސް ނިމުމުން، މަޖިލިސް ޗުއްޓީއަށް ދިޔައީ އެ މައްސަލަ އެޖެންޑާ ނުކޮށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok