ވޯޓު ނުދިން ރައްޔިތުންނަށް މުއިއްޒު: އެކުގައި ވަޑައިގަންނަވާ، ހުރިހާ ރައްޔިތުންވެސް އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަވާނެ

Follow @loamaaOnline
muizz

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު


ކޮންމެ ރައްޔިތަކީވެސް އޭނާގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކާމިޔާބީ ފާހަގަކުރަން އާޓިފިޝަލް ބީޗުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީން "ޝުކުރިއްޔާ ދިވެހިން" ގެ ނަމުގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، އޭނާ ނުކުމެ ހުރީ ގައުމީ މަސައްކަތް ކުރުމަށް ކަމަށާއި ގައުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ކަމަށެވެ.

މުއިއްޒު ވަނީ، އޭނާއަށް އިއްޔެ ވޯޓު ލާފައިނުވާ ރައްޔިތުންނަށްވެސް މި މަހުގެ 30 ގައި އޮންނަ ދެވަނަ ބުރުގައި އޭނާއަށް ވޯޓުލުމަށް އެދިލައްވައިފައެވެ. 

"އިއްޔެ މުޅިން އަޅުގަނޑުމެންނާ އެއްކޮށް ނިންމުން ނުނިންމެވި ބޭފުޅުންވެސް، ހަމަ އެއީވެސް ދިވެހި ލޮބުވެތި ރައްޔިތުން. އަޅުގަނޑުމެން ކުރިމަތިލާފައި މިތިބީ ހަމަ އެ ރައްޔިތުންނަށްވެސް ހިދުމަތް ކުރުމަށް. ކޮންމެ ރައްޔިތަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް. ކޮންމެ ރައްޔިތަކީ އެއް ހައްގެއް ލިބިގެންވާ އެއް ހައިސިއްޔަތެއް ލިބިގެންވާ ރައްޔިތެއް. ޕާޓީއަކީ މި މައުލޫއަށް މުހިންމު އެއްޗެއް ނޫން" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ގައުމު ދެކެ ލޯބިވާ ހުރިހާ ސިޔާސީ ވެރިންނަށް އޭނާއާއެކުގައި މަސައްކަތް ކުރެވޭނެ ކަމަށާއި އެކުގައި ވަޑައިގެންނެވުމަށް އެ ބޭފުޅުންނަށް ދައުވަތު އަރުވާ ކަމަށެވެ.   


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok