ވޯޓު ގަންނަ ތުހުމަތަށް ރައީސްގެ ރައްދު: އެމްޑީޕީއަކުން ފައިސާއެއް ނުބަހާނެ!

Follow @loamaaOnline
President Ibrahim Mohammed Solih

9 ސެޕްޓެމްބަރު 2023: ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ: އިބޫ ކެމްޕެއިން ޓީމް


އެމްޑީޕީން ވޯޓު ގަންނަ ކަމަށް ދެކެވޭ ވާހަކަތަކަށް އެެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހޫނު ރައްދެއް ދެއްވައިފިއެވެ. 

ޖަމާލުއްދީން ސްކޫލުގައި ހުންނަ ހިންނަވަރު ރައްޔިތުން ވޯޓުލާ ޅ. އަތޮޅުގެ އެއް ނަންބަރު ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ، އެމްޑީޕީއަކުން ފައިސާއެއް ނުބަހާނެ ކަމަށެވެ.

"އެމްޑީޕީއަކުން ނުބަހާނެ ފައިސާއެއް" ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބު ކުރިއަށްދަނީ، ރާއްޖޭގައި ނުދެކޭ ފަދަ ޑިމޮކްރެޓިކް ހަމަތަކެއްގެ މަތިން ވަރަށް އޮމާންކޮށް ކަމަށާއި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ. 

ރައީސް ވަނީ ވޯޓު ލެވޭ އެންމެން ނުކުމެ އަމާނާތްތެރިކަމާއެކު ވޯޓު ލެއްވުމަށް އިލްތިމާސްކުރައްވައިފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok