އައްޑޫ ޝާމިލްވާ ވެރިކަމެއްގެ "ތައްގަނޑު" ޖަހާނީ އައްޑޫން، އެއްބުރުން މިކަން ނިމޭނެ: ރައީސް

Follow @loamaaOnline
--

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު--- ފޮޓޯ: އިބޫ ކެމްޕެއިން ޓީމް


އައްޑޫ ހިމެނޭ ވެރިކަމެއް އެއްބުރުން ގެންނަން "ސީލްކޮށް ތައްގަނޑު" ޖަހާނެ ތަނަކީ އައްޑޫކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

"އުފާވެރި އައްޑޫ"ގެ ނަމުގައި މިރޭ ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހަކީ އައްޑޫގެ ޑިމޮކްރަޓިކް ހަޔާތަށް ވަރަށް ތާރީހީ ދުވަހެއް ކަމަށާއި އެއީ އައްޑޫ ޝާމިލްވާ ޒަމާއަތެއް ރާއްޖޭގެ ވެރިކަމަށް އިންތިހާބު ކުރާނެ ދުވަސް ކަމަށެވެ. 

ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސްގެ ރަނިންމޭޓަކީ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ޖިލިސް މެންބަރު މުހައްމަދު އަސްލަމެވެ.

"އައްޑޫގެ ދިގު ދަތުރު މި ނިމެނީ އުފާވެރި އަމާން ރާއްޖެއަކަށް،" ރައީސް ވިދާޅުވި އެވެ.

އައްޑޫއަކީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި މުހިންމު ދައުރެއް އަދާކުރި ސިޓީއެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އައްޑޫގެ ރައްޔިތުން އެދިއެދި ތިބި ކަންކަން ފުރިހަމަވަމުން އަންނަ ކަމަަށެެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އައްޑުއަށް ވެފައިވާ ވައުދުތައް:

  • - ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހަދައި ނިންމުން.
  • - 1،000 ހައުސިން ޔުނިޓް ތަރައްގީ ކުރުން
  • - އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެޅުން
  • - ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުން.
  • - ޕިކްނިކް އައިލެންޑެއް ތަރައްގީކުރުން.
  • - މެރިން ސްޓަޑީޒް ހާއްސަ މަރުކަޒެއް ގާއިމްކުރުން.
  • - ޑިސްއޭބިލިޓީ މެނޭޖްމެންޓް ސެންޓަރެއް ގާއިމްކުރުން.
  • - ކުޑަކުދިންގެ ޕާކް އަދި އައުޑޯ ޖިމްތައް ގާއިމްކުރުން.
  • - ދަނާލެއް ގާއިމްކޮށް މަތީ ތައުލީމްގެ އިތުރު ފުރުސަތުތައް ހުޅުވާލުން.
  • - މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުން.
  • - ގެދޮރުވެރިކަމަށް ލުއިފަސޭހަކޮށް ލޯނު ދޫކުރުން.
  • - ހިއްކި ސަރަަހައްދުގައި ފެނާއި ނަރުދަމާ އަދި މަގު ހެދުން.
  • - އިންޑަސްޓްރިއަލް ސަރަހައްދެއް ހެދުން.
  • - އެސްޓީއޯ އިން ވިއްކާ ހިލަ އާއި ވެލި މާލެއާ އެއް އަގެއްގައި ވިއްކޭނެ ގޮތް ހެދުން.
  • - ޒަމާނީ ވިޔަފާރި ހަބަކަށް އައްޑޫ ހެދުން.
  • - އިކޯ ޓޫރިޒަމް ތަރައްގީކުރުން.
  • - ރޭސިން ޓްރެކެއް.

ރައީސް އިތުރަށް ވިދާޅުވީ، އައްޑޫގެ ސާފު އަގުލަބިއްޔަތު އެ މަނިކުފާނަށް ލިބޭނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok