ދަރަނި ހައްލުނުކޮށް ކުރެވޭނެ އެއްވެސް ކަމެއް ނެތް، 2026ގެ ފަހުން ކައިގެން އުޅެވޭނީ އިލްޔާސަށް ވޯޓުލައިގެން: ނަޝީދު

Follow @loamaaOnline
--

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު---


ދަރަނި ހައްލުނުކޮށް ކުރެވޭނެ އެއްކަމެއްވެސް ނެތް، 2026ގެ ފަހުން ކައިގެން އުޅެވޭނީ އިލްޔާސަށް ވޯޓުލައިގެން: ނަޝީދު

ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުނުކޮށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި 2026ގެ ފަހުން ދިވެހީންނަށް ކައިގެން އުޅެވޭނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި "ދަ ޑިމޮކްރެޓްސް"ގެ ރިޔާސީ ކެންޑިޑޭޓް، އިލްޔާސް ލަބީބަށް ވޯޓު ދީގެން ކަމަށް އެ ޕާޓީގެ ބާނީ، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ޑިމޮކްރެޓްސްއިން ސަލްޓަން ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި، ނަޝީދު ވިދާޅުވީ، ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި ރާއްޖޭގެ ދަރަނި ނުބެލެހެއްޓިއްޖެ ނަމަ ދިވެހީންގެ މުސްތަގުބަލު އޮތީ ވަރަށް ބަނަކޮށް ކަމަށެވެ.

ދިވެހިންގެ މިނިވަންކަން ގެއްލިގެންދާ މައިގަނޑު ސަބަބަކީވެސް ގައުމުގެ ދަރަނި ބޮޑުވުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ދަރަނީގެ ވާހަކަ ދައްކަނީ ހަމައެކަނި އިލްޔާސް ލަބީބާއި އަމްރު ކަމަށެވެ. އަދި އެހެން ކެންޑިޑޭޓުން ދަނީ ހިލޭ އެއްޗެހި ބެހުމުގެ ވައުދުތައް ވަމުން ކަމަށެވެ. 

"..، ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެން ތިއްބެވި ކެންޑިޑޭޓުން އެކިއެކި ވާހަކަތައް ވިދާޅުވަމުން އެބަ ހިންގަވާ. އެއް ބޭފުޅަކު ވިދާޅުވާނެ ތިމަންނާ އިރު ހަނދާއި ތަރިތައް ރައްޔިތުންނަށް ފޯރުކޮށްދޭނަމޭ، ބޭސް ފަރުވާއާއި ލިޔެކިޔުމާއި ސެންޓާއި ސިނގިރޭޓާއި ސުއްޓާއާއި މި ހުރިހާ އެއްޗެއްވެސް، ޗޮކްލެޓްވެސް ހިލޭ ދޭނަމޭ ބައެއް ބޭފުޅުން އެބަ ވިދާޅުވަމުން ގެންދަވާ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެ ހުރިހާ ކަމެއްވެސް ކުރެވޭނީ ފުރަތަމަ ދަރަނީގެ މައްސަލައަށް ހައްލެއް ގެނެސްގެން ކަމަށެވެ.

"އަޅުގަނޑަށް އެނގޭ މިކަން ނުކޮށް (ދަރަނި ހައްލުނުކޮށް) ދިވެހިރާއްޖޭގައި ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތް. އަޅުގަނޑުމެންގެ ހިތަށްވެސް ނުގެނެވޭ މިކަން ނުކޮށްފިނަމަ ރާއްޖޭގެ ދަރަންޏަށްވާ ގޮތް. 2026ގެ ފަހުން ދިވެހިން ކައިގެން އުޅެން ބޭނުންވަންޏާ އިލްޔާސް ލަބީބަށް ވޯޓުލާންޖެހޭ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ދަރަނީގެ މައްސަލަ ހައްލުކުރެވޭނީ ޑިމޮކްރެޓްސްގެ ސަރުކާރަކަށް ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok