ލޯޔަރު އާސިފް އެމްޑީޕީއާ ގުޅިއްޖެ

Follow @loamaaOnline
Lawyer Asif MDP ah soi kurun

---


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލޯޔަރަކަށް އުޅުއްވި އާދަމް އާސިފް އެމްޑީޕީއާ ގުޅިއްޖެއެވެ.

އާސިފް ވަނީ އެމްޑީީޕީއަށް މިއަދު ސޮއިކުރައްވައި، މެމްބާޝިޕް ފޯމު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އަތްޕުޅަށް އަރުވައިފައެވެ.

އެމްޑީޕީއަށް ސޮއިކުރުމާ ހަމައަށް އާސިފަކީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ އިސްތިއުނާފީ ކޮމިޓީގެ މެންބަރެކެވެ. އާސިފް ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވޮޑުމުލާ ދޫކުރި މައްސަަލައިގައި ރައީސް ޔާމީނުގެ މައްޗަށް ހިންގި ޝަރީއަތުގައި އެ މަނިކުފާނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.
   
އާސިފްގެ އިތުރުން ޕީޕީއެމްގެ މަގުމަތީ ހަރަކާތްތަކުގެ އިސް އެކްޓިވިސްޓު، ގާނޫނީ ވަކީލު މުހައްމަދު ހަމްޒާ ވެސް މިއަދު ވަނީ އެމްޑީޕީއާ ގުޅިފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok