ރައީސް ސޯލިހުއާ ފުރަތަމަ ބައްދަލުވީ، ސްކޫލު ޗުއްޓީއަށް ހިންނަވަރަށް ގޮސް އުޅެނިކޮށް: ފަޒްނާ

Follow @loamaaOnline
None

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު---


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ފުރަތަމަ ބައްދަލުވެވަޑައިގެންނެވީ ސްކޫލު ޗުއްޓީއެއްގައި ހުންނަވަރަށް ވަޑައިގެން އުޅުއްވިއިރު ކަމަށް އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ފަސްޓް ލޭޑީ ފަޒްނާ ވަނީ ރައީސް ސޯލިހުއާ ފުރަތަމަ ބައްދަލުވެވަޑައިގެންވި ގޮތް ހިއްސާކުރައްވައިފައެވެ.

"ސްކޫލު ޗުއްޓީތަކުގައި އަޅުގަނޑުމެން މަންމަމެން އެ ރަށަށް، ހިންނަވަރަށްދާނެ. ދެން އެގޮތަށް ދިޔަ ދިއުމެއްގައި އަޅުގަނޑާ ފުރަތަމަ ދިމާވެފައި ހުންނާނީ. ދެން އޭރަކު ދެ މީހުންވެސް ވަރަށް ކުޑަވާނެތާ. ދެން އޭރު ވަރަށް ބޮޑު ގެޕެއް އައިސްފައި ފަހުން ދިމާވެގެން ދެން" ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވި ގޮތުގައި ރައީސްގެ ކިނބައިގައި ކުރީގައި ހުރި ބައެއް ސިފައާއި އާދަތައް އަދިވެސް ބަދަލެއް ނުވެއެވެ. އެގޮތުން ހިތްހެޔޮކަމުގެ ސިފައާއި އަރާމުކުރުމުގެ އާދަ އަދިވެސް ހުންނަކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހަކީ ދަރީން ދެކެ ވަރަށް ލޯބިވާ ބޭފުޅެއް ކަމުގައި ވިދާޅުވިއެވެ


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok