ރައީސް ވަޑައިގަތުމުން އައްޑޫ އެމްޑީޕީ ސަޕޯޓަރުން: "ނިރޫޅޭހެއް!" ހޮވާނީ އެއްބުރުން!

Follow @loamaaOnline
None

None


އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް މިރޭ ވަޑައިގެންނެވުމުން އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އައްޑޫއަށް ރައީސް ވަޑައިގެންނެވީ އިރުއޮއްސި 6:13 ހާއިރުއެވެ. 

ރައީސަށް މަރުހަބާ ދެންނެވުމަށް އައިސް ތިބި ސަޕޯޓަރުންގެ ކިއު އޮތީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މައި ގޭޓުން ގޭޓުން ފެށިގެން ގާތްގަނޑަކަށް 650 މީޓަރު ދުރުގައި ހުންނަ އެފްއެސްއެމް އީޒީ ފިލްއާ ހަމައަށް އޮތީ ދަމާލައިފަ އެވެ.

ސަޕޯޓަރުން އެއް އަޑަކުން ގޮވަމުންދިޔައީ "އިބޫ-އަސްލަމް" އެއްބުރުން ކަަމަށެވެ. އަދި އިބޫ އޯކޭ ކަމަށާއި އެމްޑީޕީ ނޫޅައިނުލެވޭނެ ކަމަށް އައްޑޫ ބަހުން ސަޕޯޓަރުން ގޮވަމުންދިޔައެވެ.

"ކޮބާ ރޫޅަނެއި؟ ނިރޫޅޭހެއް. މިކަން ނިންމާނެއި އެއް ބުރުން،" އައްޑޫ ބަހުން ސަޕޯޓަރުން ގޮވަމުންދިޔައެވެ.

ރައީސް ސޯލިހު އައްޑުއަށް މިރޭ ފެއްޓެވި ދަތުރުފުޅުގައި އައްޑޫގެ ރައްޔިތުންނަށް އެ މަނިކުފާނު މިރޭ ދެއްވާ ހާއްސަ ޖާފަތެއް އޮންނާނެ އެވެ. މި ދަތުރުފުޅުގައި މި ސިޓީގެ އެކި ރަށްރަށަށް ވަޑައިގެން، ސަޕޯޓަރުންނާ ބައްދަލުކުރައްވާނެ އެވެ. އަދި ކެމްޕޭންގެ ފަހު އެންމެ ބޮޑު ޖަލްސާވެސް އައްޑޫ ސިޓީގައި އޮންނާނެއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok