ޝިއުނާގެ އަބުރު ކަތިލުމަށް ދައުރުކުރި ވީޑިއޯގައި ވާ އަންހެން މީހާއަކީ ޝިއުނާއެއް ނޫން: ފުލުހުން

ހަސަން ރިފާއު ރިލްވާން

1 މިނެޓް

Screenshot 2026-03-30 at 00.07.21
ޝިއުނާ--

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މީޑިއާ ޓީމުގައި އިސް ދައުރެއް އަދާކުރައްވާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ (ނަންނަ)ގެ އަބުރު ކަތިލުމަށް ދައުރުކުރި ވީޑިއޯގައިވާ އަންހެން މީހާއަކީ ޝިއުނާ ނޫންކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

2013 ވަނަ އަހަރުގެ 31 ވަނަ ދުވަހު ގެއެއްގެ ތިން ވަނަ ފަންގިފިލާއިން ކާރެއްގެ މައްޗަށް ބަރަނާ ހާލުގައި އޮތް އަންހެނެއް ވެއްޓުނު ވީޑިއޯއެއް ވަނީ ދައުރުކޮށްފައެވެ. އެ ވީޑިއޯގައިވާ އަންހެން މީހާއަކީ ޝިއުނާކަމަށް ބުނެ އަޑުތައްވެސް ފެތުރިއެވެ.

އެ ވީޑިއޯ ދައުރުކޮށް ޝިއުނާއަށް ފުރައްސާރަކުރާތާ އެތައް އަހަރެއް ފަހުން ޝިއުނާ ވަނީ އެ ވީޑިއޯގައިވާ އަންހެން މީހާއަކީ ކާކުކަން ހޯދަން ފުލުހުގައި އެދިފައެވެ.

ފުލުހުން ޝިއުނާއަށް ފޮނުވި ލިޔުން  އޭނާ މިއަދު ފޭސްބުކްގައި ހިއްސާކޮށްފައިވާއިރު، އެ ލިޔުމުގައި ފުލުހުން ބުނެފައިވަނީ ކާރު މައްޗަށް ވެއްޓިފައި އޮތީ ޝިއުނާ ނޫންކަން ތަހުގީގުން ހޯދާފައިވާ ކަމަށާއި އެ މައްސަލައިގައި ސުވާލު ކުރެވުނު އެހެން މީހުންގެ ބަޔާންތަކާއި ކަން ހިނގާފައިވާ ގޮތުގެ ލިޔުންތައް އެބަހުރި ކަމަށެވެ.

ފުލުހުންގެ ލިޔުން ފޭސްބުކްގަައި ހިއްސާކޮށް ޝިއުނާ ވިދާޅުވީ، އަބުރު ކަތިލުމަށް ފާއިތުވެދިޔަ ހަ އަހަރު ތެރޭގައި ތަކުރާރުކޮށް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދިޔަ އަދި މިއަދުވެސް ދައުރުކުރަމުންދާ :ބަރަހަނާ ހާލު ކާރު މައްޗަށް ވެއްޓޭ" ވީޑިއޯގައިވަނީ އޭނާ ނޫންކަން ފުލުހުން ރަސްމީކޮށް ބުނެދީފި ކަމަށެވެ.

" الحمد لله ފާއިތުވެދިޔަ ދުވަސްތަކުގައި އަހަރެންވާނީ އެކި ފަރާތްތަކަށް ރައްދުދީ އެއީ އަހަރެން ނޫންކަން ބުނެދީފަ. އެހެންނަމަވެސް މި ދޮގު ތުހުމަތު ބޮލުގައި އަޅުވައިގެން ނަފްސާނީގޮތުން ބަލިކުރަން އުޅުނު ހުރިހާ އެންމެނަށްވެސް ވަރަށް ސަލާމް" ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާއަކީ ސަރުކާރު ހިންގާ ޕީއެންސީގެ އިސް އެކްޓިވިސްޓެއްވެސް މެއެވެ. ޝިއުނާ ގެންދަވަނީ ސަރުކާރު ދިފާއުކޮށް އަންހެނުން ބާރުވެރިކޮށް ސިޔާސީ މައިދާނަށް އަންހެނުން ނެރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ.

 

ޙިއްޞާ ކުރޭ WhatsApp X Facebook

ހަސަން ރިފާއު ރިލްވާން ގެ އިތުރު ލިޔުންތައް

ކޮމެންޓް (0)

ކޮމެންޓް ކުރެއްވުމަށް ވަދެވަޑައިގަންނަވާ.