ގަމު ކައުންސިލްގެ ނައިބު ރައީސް އައްޑޯ އެމްޑީޕީ ދޫކޮށް ޕީޕީއެމަށް!

Follow @loamaaOnline
--

ލ. ގަމު ކައުންސިލްގެ ނައިބު ރައީސް އާސިފް


ލ. ގަމު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ އާސިފް (އައްޑޯ) އެމްޑީޕީ ދޫކޮށް އިދިކޮޅު ޕީޕީއެމާ ގުޅިއްޖެއެވެ.

އައްޑޯ ޕީޕީއެމާ ގުޅިފައިމިވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ގަމަށް މިރޭ ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައެވެ.

އައްޑޯ ވިދާޅުވި ގޮތުގައި އޭނާ އެމްޑީޕީ ދޫކޮށް ޕީޕީއެމާ ގުޅުނީ، ޒުވާނުންގެ ކުރިއެރުމަށް މަސައްކަތް ކޮށްދޭނެ ޕާޓީއަކީ ޕީޕީއެމް ކަމަށް ގަބޫލުކުރާތީ ކަމަށެވެ.

އައްޑޯއާއެކު، އެމްޑީޕީގައި ތިބި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ޕީޕީއެމްއާ ގުޅި މުއިއްޒަށް ތާއީދުކުރަން ނިންމައިފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok