ހަސަދަވެރީންގެ ހަސަދައިން ސަލާމަތްވާނެ ގޮތް

Follow @loamaaOnline
--

--


ހަސަދައަކީ އަނެކާގެ ކިބައިގައިވާ ނިއުމަތެއް ނުވަތަ ހެޔޮކަމަކާއިމެދު ނަފްރަތު އުފެދި އޭނާގެ ކިބައިން އެކަން ފިލައި ދިއުމަށް އެދޭ އެދުމަށް ކިޔާ ނަމެކެވެ. 

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((لَا يَجْتَمِعَانِ فِي جَوْفِ مُؤْمِنٍ: غُبَارٌ فِي سَبِيلِ اللَّهِ وَفَيْحُ جَهَنَّمَ، وَلَا يَجْتَمِعَانِ فِي قَلْبِ عَبْدٍ : الْإِيمَانُ وَالْحَسَدُ)) {رواه النسائي (3109) وحسنه الألباني في “صحيح النسائي”}.

މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "މުއުމިނެއްގެ (ހަށިގަނޑުގެ) ތެރޭގައި ﷲ ގެ މަގުގައި އަރާ ހިރަފުހާއި ނަރަކައިގެ ނޭވާ(ވައި) ޖަމަޢެއް ނުވާނެއެވެ. (ﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހަކު ނަރަކައަށް ނުވަންނާނެއެވެ.) އަދި އަޅެއްގެ ހިތުގައި އީމާންކަމާއި ޙަސަދަވެރިކަން ޖަމަޢެއް ނުވާނެއެވެ"

އަނަސް ބިން މާލިކް ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ތިބާގެ އަމިއްލަ ނަފްސަަށް ލޯބިކުރާ ކަންތައްތައް ތިބާގެ އަޚާ ލޯބިކުރުމަށް ނޭދޭހައި ހިނދަކު ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަނުވާނެއެވެ"

ހަސަދަވެރީންގެ ހަސަދައިން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންކަން:

  • އެމީހަކަށް ކުޅަދާނަވީހާވެސް ގިނައިން ޞަދަގާތްކުރުމާއި މީސްތަކުންނަށް އިޙްސާންތެރިވުން.
  • ޢަދާވާތް ތެރިންގެ މައްޗަށް ކެތްތެރިވުން.
  • ފުރިހަމަ ގޮތުގައި ﷲ އަށް ވަކީލު ކުރުން. 
  • މާތް ﷲ އާއި ކުށްތަންވެ، ޢިޚްލާޞްތެރިވެ، އެކަލާނގެ ލޯބި ޙާޞިލުކުރުމާއި އެކަލާނގެއަށް ކިޔަމަންތެރިވެ ތައުބާވުމަކީ ނަފުސުގެ މައިގަނޑު މަޤްޞަދެއް ކަމުގައި ހެދުން
     

ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok