ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 600 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހޯދާނަން: ގާސިމް

Follow @loamaaOnline
--

ގާސިމް އިބްރާހީމް--- ފޮޓޯ: ވަގުތު


ދައުލަތުން ނަގާފައިވާ ދަރަނީގެ ތެރެއިން 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭއިރު، އެ ދަރަނި ދައްކަން 600 މިލިއަން ޑޮލަރުގެ ގްރާންޓެއް ނޫނީ ހިލޭ އެހީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހޯއްދަވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި މިރޭ ބޭއްވި "ސަންގު ބަހުސް"ގައި ސަރުކާރުގެ ދަރަނި އަބުރާ ދެއްކުމުގެ ސުވާލަށް ޖަވާބުދެއްވަމުން ގާސިމް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ފުޅާ ކުރުމަށް ގިނަ ކަންކަން ރާވާފައިވާ ކަމަށެވެ.

އެގޮތުން، 2026 ވަނަ އަހަރު އަނބުރާ ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ދެއްކުމަށް އޭގެ ބޮޑު ބައެއް ގްރާންޓްގެ ގޮތުގައި ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

"2026 ގައި އަޅުގަނޑުމެންނަށްވެސް އެބަ އެނގޭ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ދައްކަން ޖެހޭކަން. އޭގެ ތެރެއިން 600 މިލިއަން ޑޮލަރު އަޅުގަނޑު ގްރާންޓުގެ ގޮތުގައި ހޯދާނަން. އަޅުގަނޑަށް އެކަން މިހާރު ޔަގީން ކުރެވޭ" ގާސިމް ވިދާޅުވިއެވެ.

ޖޭޕީގެ ވެރިކަމެއްގައި އިތުރު ޓެކްސެއް ތައާރަފް ކުރާނަންތޯ އެހުމުން، ގާސިމް ވިދާޅުވީ އިތުރު ޓެކްސެއް ތައާރަފް ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި މިހާރު ނަގާ ޓެކްސްތައް ހާމަނައިޒް ކޮށްގެން ދައުލަތުގެ އާމްދަނީ އިތުރު ކުރެވޭނެ ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok