ސްކޫލު ނިންމާ ކޮންމެ ފިރިހެން ކުއްޖަކު ސިފައިންގޭގައި ދޮޅު އަހަރު ހިދުމަތް ކުރަންޖެހޭ ގޮތް ހަދާނަން: އުމަރު

Follow @loamaaOnline
--

އުމަރު ނަސީރު--- ފޮޓޯ: ރައީސް އޮފީސް



އޭނާގެ ވެރިކަމެއްގައި މުރާލި ޒުވާން ޖީލެއް އުދެއްދުމަށް ސްކޫލް ނިންމުމަށްފަހު ކޮންމެ ފިރިހެން ކުއްޖަކު ސިފައިން ގޭގައި ދޮޅު އަހަރު ހިދުމަތް ކުރަންޖެހޭނެ ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

"ސަންގު ބަހުސް" ގައި އުމަރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި، ކޮންމެ ސްކޫލު ކުއްޖަކީވެސް ސްކޫލު ދައުރުގެ ތެރޭގައި ކެޑޭޓާއި އިތުރު ހަރަކާތްތަކުގައި އުޅޭ ކުއްޖަކަށް ހަދާނެ ކަމަށެވެ.

"އޭގެ ފަހުން ސްކޫލު ނިންމާ ކޮންމެ ފިރިހެން ކުއްޖަކީ ނޭޝަނަލް ސާވިސް ފުރިހަމަކުރާ ކުއްޖަކަށްވާން ޖެހޭ. މާނައަކީ ސިފައިންގެއަށް ހިދުމަތް ކުރަންޖެހޭނެއޭ ދޮޅު އަހަރު މަދުވެގެން" ކުރިން ސިފައިންގޭގައި އުޅުއްވި އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި އިސްލާމީ އަގީދާގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރެވޭނީ އޭރަށެވެ.

އުމަރު އިތުރަށް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރަން އިސްލާމީ ޝަރީއަތުގައި ހިފާނެ ކަމަށެވެ. 
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok