ރައީސް، ރައްޔިތުންނަށް: އިތުބާރުކުރައްވާ! ވައުދު ފުއްދުން ނޫން އެހެން އެއްވެސް ބޭނުމެއް ނެތް

Follow @loamaaOnline
president Ibrahim Mohammed Solih (IBU)

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު: ފޮޓޯ- ރައީސް އޮފީސް


ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ދިރިއުޅުން ބިނާކޮށް ވައުދު ފުއްދުން ކަމަށާއި އިތުރު އެއްވެސް ބޭނުމެއް ނެތް ކަމުގައި އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އއ. އަތޮޅާއި އދ. އަތޮޅަށް ރައީސް ސޯލިހު މިއަދު ފެއްޓެވި ދަތުރުފުޅުގައި އއ. ތޮއްޑުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ޖަޒީރާ ރާއްޖެއެއް ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން ވި އެއް ވައުދަކީ ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމާއި ބާރުތައް ކައުންސިލަށް ދޫކޮށްލުން ކަމަށާއި އެ ބަދަލު މިހާރު ގެނެވި ރަށްރަށުން އެކަން ފެންނަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު އެކިއެކި ކެންޑިޑޭޓުން ތަފާތު ވައިދުތައްވާނެ ކަމަށާއި ނަމަވެސް މާޒީގައި ކަން ހިނގާފައިވާ ގޮތާއި މިހާރު ކަންކަން ވަމުން އަންނަ ގޮތަށް ބެލުމަށެވެ.

"އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން އެދެނީ އަޅުގަނޑަށް އިތުބާރު ކުރައްވާށޭ. ރިޔާސީ އިންތިހާބެއް ބޯމަތިވަމުން އަންނަ އިރު ތަފާތު ވައުދުތައް ތަފާތު ކެންޑިޑޭޓުން ވާނެ. މި ރަށަށް ވެސް ވަޑައިގެން ވައުދުތައް ވެވަޑައިގަންނަވާނެ. ނަމަވެސް މާޒީގައި ކަންވެފައި އޮތް ގޮތާއި މިހާރު ކަން ހިނގާ ގޮތް މިއީ މިނެ ކިރާލަން ޖެހޭ ކަމެއް.އަޅުގަނޑުމެންގެ ބިޔަ ބޮޑެތި މަޝްރޫއުތައް ހިނގަމުން އެ ދަނީ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މިއިން ޒަމާނަކު ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމަށް ނުކުރާ ވަރުގެ ބިޔަ ބޮޑެތި މަޝްރޫއުތައް ކޮންމެ ރަށެއްގައި ހިނގަމުން އަންނަ ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok