ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމަށް މީހަކު ހޯދަނީ

Follow @loamaaOnline
Pension office CFO

ފޮޓޯ --- : ޕެންޝަން އޮފީސް ފޭސްބުކް


.ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމަށް މީހަކު ހޯދުމަށް ޕެންޝަން އޮފީހުން އިއުލާނުކޮއްފިއެވެ

މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ އޮފީހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން މި މަގާމަށް ފުރަތަމަ ހަމަޖައްސާ ފަރާތެއް ހަމަ ޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެއް އަހަރު ވުމުން  މަސައްކަތުގެ ފެންވަރު ބަލައި  ވަޒީފާ ދާއިމީ ކުރެވޭނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ފެންވަރު އަދި މަސައްކަތު ތަޖުރިބާގެ ޝަރުތުތަކުގެ ތެރޭގައި އެކައުންޓިން ނުވަތަ ފައިނޭންސްގެ ރޮނގުން މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފައިވުން، ނުވަތަ އެއާ އެއް ފެންވަރުގެ (ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ) ޕްރޮފެޝަނަލް ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ACCA / CIMA ގެ މެމްބާޝިޕް ހާސިކޮށްފައިވުން އަދި، މަތީގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސަނަދުހ  ހާސިލްކުރުމަށްފަހު، އެކައުންޓިން ނުވަތަ ފައިނޭންސްގެ ދާއިރާއިން ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން އެކައުންޓިން ނުވަތަ ފައިނޭންސްގެ ރޮނގުން ބެޗެލާސް ޑިގްރީއެއް ހާސިލްކޮށްފައިވުން، ނުވަތަ އެއާ އެއްފެންވަރުގެ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ)  ޕްރޮފެޝަނަލް ސަނަދެއް ހާސިލްލްކޮށްފައިވުމާއެކު، އެކައުންޓިން ނުވަތަ ފައިނޭންސްގެ ދާއިރާއިން ސީނިާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާން ޖެހޭނެއެވެ.

މި މަގާމަށް އަސާސީ މުސާރައާއި ޢިނާޔަތްތައް ހިމެނޭގޮތަށް މަހެއްގެ މައްޗަށް ޖުމްލަ 50,000.00 ރ. ލިބޭނެއެވެ.

ިމި މަޤާމުގެ މަސްއޫލިއްޔަތުތައް ޕެންޝަން އޮފީހުގެ އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި  ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު އެ އޮފީހުގެ ވެބްސައިޓް ގައ www.pension.gov.mv   އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ފެންޝަން އޮފީހުގެ ޕެންޝަން ޕޯޓަލް  މެދުވެރިކޮށް އެޕްލިކޭޝަން ހުށައެޅޭނެއެވެ.  އެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑިއަކީ 7 ސެޕްޓެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 15:00 އެވެ.

ޕެންޝަން ޕޯޓަލްގެ ލިންކު: jobs.pension.gov.mv


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok