ހިތަދޫ، މާމެންދޫ، ކުނަހަންދޫ ރައްޔިތުން، މެންދޫގައި އެއާޕޯޓެއް އެޅުމުގެ އުންމީދުގައި!

Follow @loamaaOnline
---

މެންދޫގައި އެއާޕޯޓު އެޅުމަށް ގޮވާލައި ހިތަދޫގައި ބޭއްވި ސައިކަލު ބުރު---


ލ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއާޕޯޓު މެންދޫގައި އެޅުމަށް ގޮވާލައި، އެ އަތޮޅޫ ހިތަދޫގައި ސައިކަލު ބުރެއް ބާއްވައިފިއެވެ.

ހިތަދޫގައި މިއަދު ހަވީރު ބޭއްވި ސައިކަލު ބުރުގައި އެ ރަށުގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. 

މި މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު އިސްދޫކަލައިދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވަނީ ލ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އެ މަނިކުފާނު ދެއްވާފައެއް ނުވެއެވެ. 

ލ. މެންދޫގައި އެއާޕޯޓު އެޅުމަށް ގޮވާލައި އެ އަތޮޅު ހިތަދޫގައި ބޭއްވި ސައިކަލު ބުރު----


ލ އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއާޕޯޓު އެޅުމަށް އެންމެ ކަމުދަނީ ހިތަދޫގެ ދެކުނުން ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ މެންދޫގައި ކަމަށް އެ ބިތުގައި ހިމެނޭ ތިން ރަށެއްގެ މީހުން އެއްބަސްވެއެވެ. 

"ލޯމާ" އަށް އެނގިފައިވާ ގޮތުގައި، ހިތަދޫ ކައުންސިލުން ވަނީ މީގެ ދުވަސްތަކެއް ކުރިން މެންދޫގައި އެއާޕޯޓެއް އެޅިދާނެތޯ ބެލުމަށް ސާވޭއެއް ހަދައި މެންދޫގައި އެެއާޕޯޓެއް އެޅުމަކީ ފިޒްބަލް ކަމެއްކަން ކަށަވަރުކޮށް، އެ ސާވޭގެ ރިޕޯޓްތައް ސަރުކާރާ ހިއްސާ ކޮށްފައެވެ. 
.
މެންދޫގައި އެއާޕޯޓު އެޅުމަކީ ހިތަދޫއާއި މާމެންދޫ، ކުނަހަންދޫގެ އިތުރުން ކައިރީގައިވާ ދެ ރިސޯޓް ކަމަށްވާ ސިކްސްސެންސަސް އޮފް ލާމު އަދި ރަހާ ރިސޯޓަށްވެސް އެކަމުގެ ފައިދާ ކުރާނެ ކަމެކެވެ. 

މެންދޫގައި އެއާޕޯޓެއް އެޅުން ވެގެންދާނީ، އަތޮޅުގެ އެންމެ ހުޅަނގަށް އޮތް މާވަށު ރައްޔިތުންވެސް ލިބޭނެ ހިތްހަމަ ޖެހުމެވެ.

ހިތަދޫ، ކުނަހަންދޫ، މެންދޫއަކީ ކޯޒްވޭ އަކުން ގުޅާލުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ލ. އަތޮޅުގައި މިހާރު އޮންނަ ހަމައެކަނި އެއާޕޯޓު އޮންނަނީ އެ އަތޮޅުގެ ވެރިރަށް ގަމާ ގުޅިފައިވާ ކައްދޫގައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok