ގާއެރިފަރު ހިންނަވަރަށް، މަތިވެރި ފިނޮޅު މަތިވެރިއަށް ދީފި

Follow @loamaaOnline
Mathiveri finolhu

މަތިވެރި ފިނޮޅު----


ޅ. ހިންނަވަރުގެ އިހްތިސާސްގެ ދަށަށް އެ އަތޮޅު ގާއެރިފަރު އަދި އއ. މަތިވެރީގެ އިހްތިސާސްގެ ދަށަށް މަތިވެރި ފިނޮޅު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

އެ ދެ ރަށުގެ އިހްތިސާސްތަކުގެ ތެރެއަށް ދެ ރަށް އިތުރުކުރުމަށް ނިންމައި ރައީސްގެ ގަރާރު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރީ އިއްޔެވެ. 

ގާއެެރިފަރަކީ 3.3 ހެކްޓަރުގެ ފަޅެކެވެ. އެ ފަޅު 2016 ވަނަ އަހަރުން ފެށިގެން 21  އަހަރުގެ މުއްދަތަކަށް ވަނީ އަމިއްލަ ފަރާތަކަށް މަސްވެރިކަމުގެ ބޭނުމަށް ދޫކޮށްފައެވެ.

މަތިވެރި ފިނޮޅަކީ 3 ހެކްޓަރުގެ ފިނޮޅެކެވެ. އެ ފިނޮޅު ޅު އޮންނަނީ ރިސޯޓެއް ތަރައްގީ ކުރުމަށް އަމިއްލަ ބަޔަކަށް 2014 ވަނަ އަހަރު ދޫކޮށްފައެވެ. އެ ރަށް އެ ފަރާތަށް ދޫކޮށްފައިވަނީ 50 އަހަރަށެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok