ސަންގު ބަހުސް ހޮނިހިރު ދުވަހުގެ ރޭ، ހުރިހާ ކެންޑިޑޭޓުން ބައިވެރިވާނެ

Follow @loamaaOnline
2023 presidential cadidates

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން--- ފޮޓޯ: ސަންގު


ސަންގު ޓީވީން އިންތިޒާމުކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި މިނިވަން ކެންޑިޑޭޓުންނަށްވެސް ފުރުސަތުދޭން ނިންމައި، ހުރިހާ ކެންޑިޑޭޓުންނަށްވެސް ބައިވެވޭނެ ގޮތް ހަދައިފިއެވެ.

ސަންގު ޓީވީގެ ބަހުސްގައި މިނިވަން ކެންޑިޑޭޓުންނަށް ބައިވެރިނުވެވޭތީ އެއީ މިނިވަން ކެންޑިޑޭޓުންގެ ހައްގު ގެއްލޭ ކަމަށް ބުނެ އިންތިހާބުގައި ވާދަކުރައްވާ ހަސަން ޒަމީލް ވަނީ އިލެކްޝަން ކޮމިޝަން (އީސީ) އަށް  މައްސަލައެއްވެސް ހުށަހަޅައިފައެވެ.

ސަންގު ބަހުސްއަށް ފުރަތަމަ ދައުވަތު ދީފައިވަނީ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް އެކަންޏެވެ. ނަމަވެސް އެކަމާ އާއްމުންގެ ފަރާތުންނާއި މިނިވަން ކެންޑިޑޭޓުންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ސަންގު ޓީވީން ވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމަށް ޕޯލެއް ހުޅުވާލައި، މިނިވަން ކެންޑިޑޭޓުންނަށްވެސް ފުރުސަތު ދޭން ނިންމައިފައެވެ. 

ސަންގު ބަހުސްގެ ދައުވަތު ހުރިހާ ކެންޑިޑޭޓުން ވަނީ ބަލައިގެންފައެވެ. 

ސަންގު ބަހުސް ކުރިއަށްގެންދަން ނިންމާފައިވަނީ ޕީއެސްއެމްއާ ގުޅިގެންނެވެ. ސަންގު ޓީވީ އާއި ޕީއެސްއެމުން ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަންގު ބަހުސް ކުރިއަށްގެންދާނީ ގައުމީ ޔުނިވާސިޓީގެ އެއްްބާރުލުމާއެކު ކަމަށެވެ. 

ސަންގު ޓީވީގެ ރިޔާސީ ބަހުސް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ 21:00 އިން 23:00 އަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok