ބަޔަކާ ގުޅިގެން މީހަކު ރަހީނުކުރި މައްސަލައެއްގައި ސްޓެޕް އައްޔަ ހައްޔަރުކޮށްފި

Follow @loamaaOnline
---

-----


ބަޔަކާ ގުޅިގެން މީހަކު ރަހީނުކޮށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އަލީ ޝާހިދު (ސްޓެޕް އައްޔަ) 43އ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އިތުރު ބަޔަކާ ބައިވެރިވެގެން މާލޭގެ ގެއެއްގައި ފިރިހެނަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށް، އަދި އޭނާގެ ބޭންކު އެކައުންޓުން ފައިސާ ޓްރާންސްފާ ކުރި މައްސަލައެއް މި މަހުގެ ހަތަރު ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 43 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސްޓެޕް އައްޔައެވެ. 

ކުރިން ފުލުހެއްގެ ވަޒީފާގައި އުޅުނު ސްޓެޕް އައްޔަ ވަނީ ފަހުން ފިލްމީ ދާއިރާއަށް ނުކުމެފައެވެ. އޭގެ ފަހުން ޕީޕީއެމްގެ ގުޅިގެން ސިޔާސީ ހަރަކާތްތަކުގައި އުޅުމަށްފަހު މިހާރު އުޅެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާޓީ، އެމްޓީޑީގައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok