ބޮޑު މުސާރައަށް ރާއްޖެ އައީ މަސާޖު ޕާލާއެއްގެ ވަޒީފާއަށް، އެކަމަކު އޮޅުވާލައިގެން ވިއްކުވީ ހަށި!

Follow @loamaaOnline
sex crime, maldives

މީގެ ކުރިން ހަށިވިއްކި މައްސަލައެއްގައި ބަޔަކު ހައްޔަރުކުރަނީ---


ބޮޑު މުސާރައެއްގައި މަސާޖު ޕާލާއެއްގެ ވަޒީފާއަށް ރާއްޖެ އައި ތައިލެންޑުގެ ދެ އަންހެނުން ލައްވައި ހަށިވިއްކުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ފެންމަތިވީ، ރާއްޖޭގައި ހުންނަ ތައިލެންޑުގެ އެމްބަސީގެ އެހީތެރިކަމާއެކު، އެ މީހުން އަނބުރާ ތައިލެންޑަށް ގޮސް އެގައުމުގެ ޕޮލިހަށް މައްސަލަ ހުށަހެޅުމުންނެވެ.

މި މައްސަލައިގައި އަނިޔާ ލިބުން މީހުން ބުނެފައިވާ ގޮތުގައި އެ މީހުން މަސާޖު ޕާލާގެ ވަޒީފާއަށް ރާއްޖެ އައީ މަހެއްގެ މައްޗަށް 100،000 ބާތު ނުވަތަ 2،887 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދޭނެ ކަމަށް ބުނުމުންނެވެ. އެ މީހުންނަށް އެ ހުށަހެޅުން ދިނީ ތައިލެންޑުގެ ޕެޗެނަން ލުރެޑް (29އ) ކިޔާ މީހެކެވެ. އޭނާ އެ ހުށަހެޅުން ހުށަހެޅީ ފޭސްބުކުން ވާހަކަ ދައްކައިގެންނެވެ.

  ރާއްޖެއަށް ތައިލެންޑުގެ ދެ އަންހެނުން ގެނެސް ހަށިވިއްކުމުގެ ތުހުމަތަށް ހައްޔަރުކުރި ޕެޗެނަން ލުރެޑް 29އ---


ތައިލެންޑުގެ "ތައިގާ" ނޫހުގައިވާ ގޮތުން، ހިއުމަން ޓްރެފިކިންގެ ސްކޭމްގައި ޖެހި ތައިލެންޑުގެ އެ ދެ އަންހެނުން ރާއްޖެ އައުމުން އެ މީހުން ލައްވައި ކޮންމެ ދުވަހަކު އެތައް ފިރިހެނަކާއެކު ގުޅުން ހިންގަން މަޖުބޫރުކޮށްފައިވާ ކަމަށެވެ. 

މި މައްސަލައި އެ މީހުން ލައްވައި ހަށިވިއްކުވުމުގެ މެދުވެރިއަކަށްވި ޕެޗެނަން ވަނީ ކޯޓު އަމުރަކާއެކު އެ ގައުމުގެ ޑޮން މިއުއަންގް އެއާޕޯޓުން ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ހިއުމަން ޓްރެފިކިންނާއި ހަށިވިއްކުވަން އަންހެނުން އެކްސްޕްލޮއިޓް ކުރުވުމުގެ ތުހުމަތަށެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok