ރިޝްވަތެއް ނުދެން، އިތުރު މެންބަރުންވެސް އެމްޑީޕީއާ ގުޅެން އެބަ މަޝްވަރާކުރޭ: ރައީސް

Follow @loamaaOnline
--

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު--- ފޮޓޯ: އިބޫ ކެމްޕެއިން ޓީމް


އެއްވެސް މަޖިލިސް މެމްބަރަކަށް ރިޝްވަތު ދީފައި ނޯންނާނެ ކަމަށާއި އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި މެމްބަރުން އެކަން ކުރައްވާފައިވަނީ އެ ބޭފުޅުން އަމިއްލައަށް ބޭނުންވެގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ތ. އަދި ލ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު އިއްޔެ ހަވީރު ނިންމަވާލެއްވުމުގެ ކުރިން، ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެއްވެސް މެންބަރަކަށް ރިޝްވަތު ދީފައި ނުވާނެ ކަމަށާއި އެމްޑީޕީއާ އަލުން މެންބަރުން، ގުޅުނީ ދާއިރާގެ ރައްޔިތުންވެސް އެގޮތަށް އެދޭތީ ކަމަށެވެ.

"އަޅުގަނޑުމެން ހަމަ ގައިމު ވެސް އެއްވެސް މެމްބަރަކަށް އެއްވެސް ކަހަލަ ފައިސާގެ މުއާމަލާތެއް އަދި ރިޝްވަތޭ ތި ވިދާޅުވާ ފުޅާ މާނައިގައި ވެސް އެ ކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމްޑީޕީއާ ގުޅުމަށް އިތުރު މެންބަރުންވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނެ އެ އިދާރާއިން މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ  އެ މައްސަލަ ފުލުހަށް ހުށަހެޅީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެންނެވެ. ނަމަވެސް، އެ މައްސަލަ ނުބެލޭނެ ކަމަށް ފުލުހުން ވަނީ ނިންމާފަ އެވެ.
ނަޝީދު ވަނީ،  ރައީސް ސޯލިހު މަޖިލިސް މެމްބަރުންނާއި އެހެން ވެސް މީހުންނަށް ރިޝްވަތު ދެމުންދާކަމަށް ތުހުމަތުކުރައްވާފައެވެ. އެ ތުހުމަތު ނަޝީދު ކުރެއްވީ، މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ޑިމޮކްރެޓްސް ދޫކުރައްވައި އެނބުރި އެމްޑީޕީއަށް ސޮއިކުރެއްވުމާ ގުޅިގެންނެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok