ބޭސްފަރުވާއަށް އަދީބަށް ދިން މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

Follow @loamaaOnline
--

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު


ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރުގައި ބޭސް ފަރުވާ ކުރުމަށް ދިން މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބު ގޭ ބަންދުގައި ހުންނަވަނިކޮށް ސިއްހީ ހާލުކޮޅު ދެރަވެގެން، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދެވުމަށްފަހު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން ދިހަ ދުވަހުގެ ހުއްދައެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ދިނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

ބޭސްފަރުވާއަށް އަދީބަށް ފުރަތަމަ ދިނީ ދިހަ ދުވަހެވެ. ނަމަވެސް އެ މުއްދަތު ފަހުން އިއްޔެގެ ނިޔަލަށް އިތުރުކޮށްދީފައެވެ. 

އެނގިފައިވާ ގޮތުގައި އަދީބަށް ބޭސްފަރުއާއަށް ދިން މުއްދަތު އަންނަ މަހުގެ 15 އާ ހަމައަށް އަނެއްކާވެސް ވަނީ އިތުރުކޮށްފައެވެ. 

އަދީބުގެ ޕާޓީ، އެމްޓީޑީން ބުނެފައިވާ ގޮތުގައި އަދީބު ގެންދަވަނީ ނާރުގެ ނުރައްކާތެރި ބައްޔެއް ތަހައްމަލުކުރައްވަމުންނެވެ. ރާއްޖެއިން ބޭރުން ފަރުވާ ހޯއްދެވުމުގެ ފުރުސަތު އަދީބަށް ދީފައިވަނީ ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށެވެ. 

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް ސިއްްހީ ހާލަތުގެ ސަބަބުން އޭނާ ހުކުމް ތަންފީޒުކުރައްވަނީ ގޭގައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok