މެސީއާއެކު އަލްބާވެސް ލަނޑު ޖަހައި އިންޓަ މަޔާމީ ލީގްސް ކަޕްގެ ފައިނަލަށް

Follow @loamaaOnline
Inter miami- messi

ގޯލު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ-- ފޮޓޯ: ސީއެންއެން


އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ޖޯޑީ އަލްބާގެ ގޯލުތަކާއެކު 4-1 އިން ފިލަޑެލްފިއާ ބަލިކޮށް ލީގްސް ކަޕްގެ ފައިނަލަށް އިންޓަ މަޔާމީ ދަތުރު ކޮށްފި އެވެ.

މިއަދު ފަތިހު ކުޅުނު މި މެޗުގެ ތިން ވަނަ މިނިޓުގައި އިންޓަ މަޔާމީ އިން ލީޑު ނެގީ ފޯވާޑް ޖޯސެފް މާޓިނޭޒް ޖަހައިދިން ގޯލުންނެވެ. އަދި 20 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިގެން ދެވަނަ ގޯލު ޖަހައިދިނީ ކެޕްޓަން މެސީ އެވެ. މިއީ މެސީ އެޓީމަށް މިހާތަނަށް ކުޅެދިން ހަ މެޗުން ކާމިޔާބު ކޮށްދިން ނުވަ ވަނަ ގޯލެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމެންދަނިކޮށް، މަޔާމީގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ ދާދި ފަހުން އެ ކްލަބާ ގުޅުނު ޖޯޑީ އަލްބާއެވެ. މިއީ ބާސެލޯނާ ދޫކޮށް އެޓީމަށް ބަދަލުވި އަލްބާ ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ.

ފިލަޑެލްފިއާގެ ހަމަ އެކަނި ގޯލި މެޗު ނިމެން 15 މިނެޓަށް ވެފައި ވަނިކޮށް ކާމުތާބުކޮށްދިނީ އަލެޖަންޑްރޯ ބެޑޯޔާއެވެ. 

މަޔާމީގެ ހަތަރު ވަނަ ގޯލު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ޑޭވިޑް ރުއިޒްއެވެ. 

ފައިނަލްގެ ޖާގައާއެކު އިންޓަ މަޔާމީ އަށް ވަނީ އަންނަ އަހަރުގެ ކޮންކާކަފް ސަރަހައްދުގެ އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ކަޕުން (ކުރީގެ ޗެމްޕިއަންސް ލީގުން) ފުރުސަތު ހޯދައިފަ އެވެ.

ލީގްސް ކަޕްގެ ފައިނަލްގައި އަންނަ އާދިއްތަ ދުވަހު ރާއްޖެ ގަޑިން ހެނދުނު 6 ޖަހާއިރު މަޔާމީ ނުކުންނަން ޖެހޭނީ އެމެރިކާ ލީގުގެ ނަޝްވިލް އާ ދެކޮޅަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok