ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވާނެ

Follow @loamaaOnline
President Ibrahim Mohammed Solih (Ibu)

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު--- ފޮޓޯ ޝަރުހާން


ދައުލަތުގެ މީޑިއާ، ޕީއެސްއެމް އާއި ގައުމީ ޔުނިވަސިޓީ، އެމްއެންޔޫ ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގައި، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް، އެ މަނިކުފާނުގެ ކެމްޕޭން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހު ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނީ "ވަގުތު ތަން ދޭ ނަމަ" ކަމަށް މާރިޔާ މީގެ ކުރިން ވިދާޅުވުމުން، ރައީސް ބަހުސްގައި ބައިވެރިވެވަޑައިނުގަތުމަށް އުޒުރު ދައްކަވަނީ ކަމަށް ބުނެ އިދިކޮޅު ބައެއް ޕާޓީތަކުން ވަނީ ފާޑުކިޔައިފައެވެ.

ނަމަވެސް ރައީސްގެ ކެންޕެއިން ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަނީ ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

"އަޅުގަނޑަށް ހަމަ އެބަ ކޮންފާމްކޮށްދެއްވާ ރައީސް ސޯލިހު އެމްއެންޔޫ ބަހުސަށް ވަޑައިގަންނަވާނެކަން. އެއީ އިލްމީ ބަހުސެއް ހިނގާނެ ތަނެއް. ޔުނިވަސިޓީތަކުގައި އިލްމީ ގޮތުން އެ ބޭފުޅުން ވާހަކަދައްކަވައި ޕޮލިސީތައް ދިރާސާކޮށް އުޅޭނެ، އެކަމަކު މީޑިއާތަކަށް އަރައި އިޝްތިހާރުވުމަށްޓަކައި ކުރާ ބަހުސްތަކަށްވުރެ ރައީސް ގަބޫލުކުރައްވާ ރައްޔިތުން ގާތަށް ވަޑައިގަތުމަށް މުހިއްމުކަން" މާރިޔާ ވިދާޅުވިއެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ ބަހުސްގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކަންޏެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok