ސިޓީ ހޮޓަލެއް އަޅަން ހިރިލަންދޫ ފަޅުން 30 ހެކްޓަރު ދޫކުރަނީ!

Follow @loamaaOnline
Hirilandhoo Maps

ފޮޓޯ: ގޫގަލް


ތ. ހިރިލަންދޫ ފަޅުން 30 ހެކްޓަރުގެ ސަރަހައްދެއް ސިޓީ ހޮޓަލެއް އަޅަން ދޫކުރަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

ހިރިލަންދޫ ކައުންސިލުން ގެޒެޓުކުރި އިއުލާނުގައި ބުނީ، އެ ކައުންސިލްގެ އިހްތިޞާސްގައި ހިމެނޭ 300،000 އަކަ މީޓަރު (30 ހެކްޓަރު)ގެ ސަރަހައްދުގައި ސިޓީ ހޮޓާ އަޅަން ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އޮންނާނެ ކަމަށެވެ. 

އެ ސިޓީ ހޮޓާ ތަރައްގީކުރަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. 

ބިން ހިއްކައިގެން ސިޓީ ހޮޓާ އެޅުމަށް 30 ހެކްޓަރުގެ ފަޅުގެ ސަރަހައްދުން ގިނަވެގެން ދިހަ ހެކްޓަރު ހިއްކުމުގެ ބާރު ކޮންޓްރެކްޓަރަށް އޮންނާނެއެވެ. އެ ތަނުގެ ބިން ހިއްކުމާއި އެންވަޔަރަމަންޓް އިމްޕެކްޓް އެސަސްމެންޓް (އީއައިއޭ)ވެސް ހަދަން ޖެހޭނީ ކޮންޓްރެކްޓަރެވެ. 

ޓޫރިޒަމްގެ ގާނޫނުގައުވާ ގޮތުން ތ. އަތޮޅުގެ ރަށްތަކުން ޓޫރިސްޓު ބޭނުމަށް ދޫކުރާ ބިންތަކުގެ ތެރެއިން 200،001 އަކަ މީޓަރާއި 400،000 އަކަމީޓަރުގެ ބިންތަކަށް ކުލީގެ ގޮތުގައި އަހަރެއްގެ މައްޗަށް އެންމެ ކުޑަކޮށް ނެގޭނީ 562،500 ޑޮލަރު ނުވަތަ 8.67 މިލިއަން ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް ބަލާ ނަމަ 772،812 ރުފިޔާއެވެ. 

ހިރިލަންދޫގެ މިހާރުގެ ބިމުގެ ބޮޑު މިނަކީ 29.4 ހެކްޓަރެވެ. އެ ރަށުގެ ބިމަށް 25 ހެކްޓަރު އިތުރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok