ޓޫރިޒަމް މިނިސްޓަރު މައުސޫމް އެމްޑީޕީއަށް ސޮއިކޮށްފި

Follow @loamaaOnline
Minister Mausoom

އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު މައުސޫމްގެ ފޯމް ރައީސް ސޯލިހުއާ ހަވާލުކުރައްވަނީ. އޭނާ ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގައި --- ފޮޓޯ: އެމްޑީޕީ


ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

ޑރ. މައުސޫމް ޓޫރިޒަމް މިނިސްޓަރުކަމަށް އައީ ޖޭޕީގެ ސްލޮޓެއްގައެވެ. ނަމަވެސް މި މަހުގެ ހަތް ވަނަ ދުވަހު އޭނާ ވަނީ ދިހަ އަހަރަށް ފަހު އެ ޕާޓީން ވަކިވެފައެވެ.

އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ މައުސޫމް އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު އޭނާގެ މެމްބާޝިޕް ފޯމު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅަށް އަރުވާ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ.

އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ސޯލިހަށް ޓިކެޓު ލިބުމާ އެކު ޑރ. މައުސޫމް ތާއީދު އޮތްކަން ހާމަކުރެއްވި އެވެ. ނަމަވެސް އެއިރު އެ ޕާޓީ ދޫކޮށް ނުދިޔައީ ރައީސަށް އެ ޕާޓީން ތާއީދުކުރާނެ ކަމުގެ އުންމީދުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok