ޔާސިރާއި ޝިޔާން ޑިމޮކްރެޓްސް ދޫކޮށްލުމުން ރިޝްވަތުގެ ތުހުމަތުކޮށް މައްސަލަ ބަލަން ނަޝީދު ފޮލިހަށް ހުށަހަޅައިފި

Follow @loamaaOnline
--

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު---


ދަ ޑިމޮކްރެޓްސް ދޫކޮށް ދިޔަ މެމްބަރުންނަށް އެ ޕާޓީގެ ބާނީ، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޝްވަތުގެ ތުހުމަތުކޮށް، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ މައްސަލަ ބަލައި ދިނުމަށް އެދި ޕޮލިހަށް ހުށަހަޅައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ފުލުހަށް ހުށަހެޅީ މިއަދުއެވެ. 

ރިޔާސީ އިންތިހާބަށް ކުޑަތަންވެފައިވާއިރު، ދަ ޑިމޮކްރެޓްސްގައި ތިއްބެވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. 

ނަޝީދު ވަނީ ޔާސިރާއި ޝަޔާން އަލުން އަނބުރާ އެމްޑީޕީއަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ. ނަމަވެސް ޔާސިރާއި ޝިޔާންވެސް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެެވެ.

ދަ ޑިމޮކްރެޓްސްއާ ގުޅުނު ދެ މެމްބަރަކު އެ ޕާޓީ ދޫކޮށްލާފައިވާއިރު، އެ ޕާޓީ އުފެއްދުމަށް އެމްޑީޕީން އެއް ފަހަރާ 13 މެމްބަރަކު ވަކިވެވަޑައިގަތެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ވަރަށް ސީނިއާ މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok