ޑިމޮކްރެޓްސް ދޫކޮށް މެންބަރު ޝިޔާން އަލުން އެމްޑީޕީއަށް

Follow @loamaaOnline
MP Hassan Shiyaan (Gitaa)

މެމްބަރު ޝިޔާން އެމްޑީޕީއާ ގުޅިވަޑައިގެން ރައީސަށް ފޯމް ހަވާލު ކުރައްވަނީ: އޭނާ އެ ޕާޓީން ވަކިވެ ވަޑައިގަތީ މިދިޔަ މެއި މަހު --- ފޮޓޯ:އެމްޑީޕީ


ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފި އެވެ.

ޝިޔާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި، ދަ ޑިމޮކްރެޓްސްއަށް ސޮއިކުރުމަށް މިދިޔަ މެއި މަހު އެ ޕާޓީން ވަކިވެވަޑައިގަތް 12 މެންބަރުންގެ ތެރޭގައި ހިމެނޭ މެންބަރެކެވެ. އެ މެންބަރުން އެމްޑީޕީން ވަކިވުމުގެ ކުރިން އެ ޕާޓީން ވަނީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްވެސް ވަކިކޮށްފައެވެ. އާޒިމަކީ މިހާރު، ޑިމޮކްރެޓްސްގެ ސީނިއާ އެއް މެންބަރެވެ.

ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަޑައިގެން މެމްބަރު ކަމުގެ ފޯމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅަށް ރޭގެ ވަގުތެއްގައި ވަނީ އަރުވައިފައެވެ. 

ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތްއިރު އޭރު އެމްޑީޕީން ވަކިވެވަޑައިގަތް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްވެސް ވަނީ އެމްޑީޕީއާ އަލުން ގުޅިފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok