ކުޑަކުދިންގެ މެދުގައި ކުޅިވަރު އާލާ ކުރަން ހިރިލަންދޫގައި އެކަޑަމީއެއް ފަށަނީ

Follow @loamaaOnline
hiri sports academy

ހިރިލަންދޫ ކުދިންތަކެއް ފުޓްސަލް ކުޅެނީ---


ކުޑަކުދިންގެ މެދުގައި ކުޅިވަރު އާލާކުރުމަށް ތ. ހިރިލަންދޫގައި ކުޅިވަރު އެކަޑަމީއެއް ފަށަން ނިންމައިފިއެވެ.

"ހިރި ސްޕޯޓްސް އެކަޑަމީ" ގެ ނަމުގައި ފަށާ މި އެކެޑަމީގައި ރަޖިސްޓަރީވުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ. އެގޮތުން 9782323 ނުވަތަ 9890676 ނަންބަރު ފޯނަށް ގުޅައިގެންނާއި މެސެޖުކޮށްގެންނާއި ވައިބާ ކޮށްގެން ރަޖިސްޓަރީވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެއެވެ.

"ހިރި ސްޕޯޓްސް އެކަޑަމީ"ގެ އޮފިޝަލަކު "ލޯމާ" އަށް ބުނި ގޮތުގައި އެ އެކެޑަމީ ފަށަނީ ދެ ކުޅިވަރަކާއެކުގައެވެ. އެއީ ވޮލީ ބޯޅައާއި ފުޓްސަލްއެވެ. ވޮލީ ބޯޅަ ކުރިއަށްގެންދަނީ 16 އަހަރުން ދަށުގެ ކުދިންނަށެވެ. ފުޓުސަލް ކުރިއަށްގެންދަން ހަމަޖައްސާވަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ ނުވަ އަހަރުން ދަށުގެ އުމުރުފުރާއާއި 11 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 16 އަހަރުން ދަށުގެ އުމުރު ފުރާއެވެ.

"އަންހެން ކުދިން ރިކުއެސްޓް އެބަކުރޭ ވޮލީ ކުޅުމަށް. އެހެންވެ، އެ އެ ކުދިންނަށްވެސް ހާއްސަ ކެޓަގަރީއަކާއެކު ކުރިއަށްގެންދަން މި މަސައްކަތް ކުރަނީ" އޭނާ ބުންޏެވެ.

އޮފިޝަލް ބުނި ގޮތުގައި، "ހިރި ސްޕޯޓްސް އެކަޑަމީ" ގެ ތެރެއިން އެކިއެކި ކުޅިވަރު މުބާރާތްތައްވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

"ހިރި ސްޕޯޓްސް އެކަޑަމީ"ގެ މަގުސަދަކީ، ކުޑަކުދިންގެ މެދުގައި ކުޅިވަރު އާލާކޮށް، ކުޅިވަރަށް އަހުލުވެރި ކުދީންތަކެއް އުފެދެއްދުމެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok