ކިޔެވުމަށް ހުރަސް އަޅާ ސިހުރު ޖެހިފައިވާނަމަ ފެނިދާނެ އަލާމާތްތައް!

Follow @loamaaOnline
Arabihyaa Students

އަރަބިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް--- ފޮޓޯ: ވަގުތު


ރާއްޖެއަކީ ތައުލީމީ ގައުމެކެވެ. މަދު ކުއްޖެއް ނޫނިއްޔާ ކިޔެވުމުގެ ނަސީބުން މަހްރޫމްވެފައެއް ނެތެވެ. ރާއްޖެއަކީ ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭ ގައުމަކަށްވެފައި ވަސީލަތްތައްވެސް ރަށްރަށުގައި ހުރީ ގާއިމްވެފައެވެ. ސްކޫލެއް ނެތް ރަށެއް ރާއްޖޭގައި މަދެވެ. ސްކޫލުގެ މާހައުލުގައި ކުދީންގެ މެދުގައި ވާދަވެރިކަން ބޮޑެވެ. އެއް ކުއްޖަށްވުރެ އަނެއް ކުއްޖަކު ކުރިއަރައިގެން ދާން ބޭނުންވުމަކީ އެ ވާދަވެރިކަން އޮތް މިންވަރު ހާމަކޮށްދޭނެ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު އެ ވާދަވެރިކަމުގެ ތެރެއިން ހަސަދައާއި ރުޅިވެރިކަމުގެ ދޮރު ހުޅުވެއެވެ. ތިމާގެ ދަރިއަށްވުރެ އަނެކާގެ ދަރި ކުރިއަރައިގެންދާން ބޭނުން ނުވާ ފަހަރު އާދެއެވެ. އޯގާތެރިކަމާއި އިހްސާންތެރިކަން އެއްފަރާތްކޮށް ނަފްރަތުގެ "ހުޅުކޮޅު" ރޯކުރެވޭ ފަހަރު އާދެއެވެ. ސްކޫލުގެ މާހައުލުގައްޔާއި  އެ ނޫންވެސް ތަންތަނުގައި އެ ކުއްޖަކަށް ދަތިކުރުމަށް ކަންކަން ކުރެވޭ ފަހަރު އާދެއެވެ. ބައެއް ފަހަރު "ސިކުރު"ގެ ވަސްވާހުގައި ޖެހި އެކަމަށްވެސް ހެއްލި ދެއެވެ.

ކިޔެވުމަަށް ނުވަތަ ތައުލީމަށް ހުރަސްއަޅާ ސިހުރުގެ އަލާމާތްތައް:

  • ކިޔެވުމާއި ބެހޭ ވާހަކައެއް މީހަކު ދައްކާނަމަވެސް ފޫހިވެ ރުޅިއައުން.
  • ޤުރުއާން އަޑުއެހުމަށް އުނދަގޫވެ ރުޅިއައުމާ، ޤުރުއާނާއި ދުރުވާން ފެށުން.
  • ކިޔަވަން މަދަރުސާއަށް ދިއުމުންނާއި ފިލާވަޅު ދަސްކުރާވަގުތު ނުވަތަ ފޮތް ކިޔާވަގުތު އުނދަގޫވެ ފޮތް ބޭއްވުމުން ނުވަތަ މަދަރުސާއިން ނުކުތުމުން ފަސޭހަވުން
  • ކިޔެވުން މަތިން ފޫހިވާގޮތްވުން
  • ކިޔެވުން ނޫން އެހެން ކަންކަމަށް އާދަޔާ ޚިލާފަށް ލޯބިކޮށް ކުޅިވަރާއި ވިޔާނުދާ ކަންކަމުގައި މަޝްއޫލުވުން.
  • ހިތްގާވެ، ދަސްކުރަން އުދަގޫވުން
  • ދަސްކުރާ ތަކެތި އިސާހިތަކު ހަނދާން ނެތުން
  • ކިޔަވަން މަދަރުސާއަށް ދިއުމުން ހޮޑުލަވާ މޭނުބައިކުރުން
  • ކިޔަވަން މަދަރުސާއަށް ދިއުމުން ގައިގެ ތަންތަނުގައި ރިހުން ނުވަތަ އާދަޔާ ޚިލާފަށް ގައި ކެހުން
  • ކިޔަވަން މަދަރުސާއަށް ދިއުމުން ހޭނެތުން ނުވަތަ ހަށިގަނޑަށް ޝައިޠާނާ ވަނުން
  • ކިޔަވަން މަދަރުސާއަށް ދިއުމުން ބޯ އެނބުރުން
  • ކިޔަވަން މަދަރުސާއަށް ދިއުމުން ވަރުބަލިވުން
  • ކިޔަވަން ނުވަތަ ފިލާވަޅު ދަސްކުރަން މަސައްކަތް ކުރާވަގުތު ބޮލުގައި ރިހުން ނުވަތަ ބޯއެނބުރުން ނުވަތަ ނިދި އައުން، ނުވަތަ އާދަޔާ ޚިލާފަށް ގައި ކެހުން ނުވަތަ އާދަޔާ ޚިލާފަށް ނިދިއައުން.

އިސްވެ، ބަޔާންކޮށްފައިވާ އަލާމާތްތަކުގެ އިތުރުންވެސް ބައެއް އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ތައުލީމަށް ހުރަސް އަޅާ ސިހުރު ޖެހުމުން އެ ކުއްޖެއްގެ އުޅުމަށް ފާހަގަވާ ވަރުގެ ބަދަލުތަކެއް އަންނާނެއެވެ. އެހެންކަމުން އެ ފަދަ އަލާމާތްތަކެއް ފެނިއްޖެނަމަ ކީރިތި ޤުރުއާނުން ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok