ސަރުކާރުން ޕީޕީއެމް ޕެރެލައިޒްކޮށްލާފައިވާ ކަމަށް ވިދާޅުވެ، ނަޒާކީ ޒަކީ ޕީޕީއެމުން ވަކިވެވަޑައިގެންފި

Follow @loamaaOnline
None

--


ނަޒާކީ ޒަކީ (ދާތޯ މުހައްމަދު ޒަކީ) ޕީޕީއެމުން ވަކިވެވަޑައިގެންފިއެވެ.

ނަޒާކީ ޒަކީ ޕީޕީއެމުން ވަކިވެވަޑަތީ ރާއްޖޭގެ ސިޔާދަތީ ބާރަށް ކުރިމަތިވަމުން އައި ނުރައްކަލުން ގައުމު ދިފާޢު ކުރުމަށް އެ ޕާޓީއިން ކީހާޅެން ފަރިއްސައްވެ ދިއުމުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަޒާކީ ޒަކީ ވިދާޅުވި ގޮތުގައި އޭނާ ޕީޕީއެމްއާ ގގުޅިވަޑައި 2020 ވަނަ އަހަރު އެ ޕާޓީއިން ދެއްވި ޚާއްޞަ ދައުވަތަކަށް ކަމަށާއި އެހެން ކަމާއެކު އެ ޕާޓީ އާއި ގުޅިވަޑައިގަތީ ވަރަށް ފޮނި އުންމީދު ތަކަކާއެކުގައިކަމަށެވެ.

އެގޮތުން ޕީޕީއެމް/ ޕީއެންސީ އިން އެކުލަވާލި ކޯލިޝަނަށް ފަހު އެ ދެޕާޓީއިން އިގްރާރުވެފައި ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީބާރު ނެގެހެއްޓުމަށާއި އިންޑިއާއިން ރާއްޖެއަށް އަތްގަދަ ކުރަމުންދިޔަ ދިއުން ނިމުމަކަށް ގެނައުމަށާއި ޗާގޯސް އައިލެންޑުން ގެއްލިފައިވާބައި އަލުން ހޯދުމަށާއި ރާއްޖެ ދަރާފައިވާ ދަރަނިން ރާއްޖެ ސަލާމަތް ކުރުމަށް އެކުލަވާލާފައިވާ ޖޯޝުން ފުރިގެންވާ ސްލޯގަން ހިތުގެ އަޑިންގަބޫލު ކުރެވިގެން ކަމަށެވެ.

ކަން މިހެން ހުރިނަމަވެސް މިހާރު ޕީޕީއެމް ވަނީ ޕެރަލައިޒްކޮށަލާފައި ކަމަށާއި ޕީޕީއެމްގެ ކުރީގެ ސިޔާސަތަކީ ރައީސް ޔާމީނުގެ ޒަޢާމަތުގައި އެ މަނިކުފާނު ގެންގުޅުއްވި ސިޔާސަތުތަކެއް ކަމަށް ބުނެ އެސިޔާސަތު ތަކަކީ އޭރުވެސް އަދި މިހާރުވެސް ޕީޕީއެމް ޕީއެންސީގެ ރުހުން އޮވެގެން އުފަން ކުރެވިފައިވާ ސިޔާސަތުތަކެއް ނޫންކަމަށް ބުނެ ލީޑަރޝިޕުން އެނގެންދަނީ މީޑިއާގައިވެސް އެކަން ތަކުރާރު ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. 

ވެރިކަން ލިބުމާއެކު ޕީޕީއެމްގެ ސިޔާސަތުތަކާއި އެޕާޓީގެ އެެއްވެސް ޙަރަކާތެއް ނެތްކަމަށާއި ޕީޕީއެމް އަކީ މިހާރު ހަމައެކަނި ބައެއްފަހަރަށް ކިޔޭނަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ވެރިކަން ހިންގަނީ ޕީއެންސީއިން ކަމަށާއި ވެރިކަން ލިބުނީ ޕީއެންސީގެ މޭސްތިރިކަމުގެ ދަށުން ކަަމަށް ވެސް މިހާރު ވަނީ ބުނެފައެވެ.

އެހެން ކަމާއެކު ވެރިކަން ބަދަލުކުރުމަށް އިޚްލާސްތެރި ކަމާއިއެކު ބުރަކޮށް މަސައްކަތްކުރި ޕީޕީއެމްގެ ވަަރަށް ގިނަ މެންބަރުނާއި ޕާޓީއަކާއި ގުޅުމެއް ނެތްކަމަށާއި ވަޒީފާއެއް ލިބޭތޯ ޕީއެންސީއަށް ސަލާމް ޖަހަން މަޖުބޫރުވެ ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ސޮއިކުރަންޖެހޭ ޙާލަތަށް ގެންދިއުމުން ޕީޕީއެމްގެ މިހާރު އޮތީ ހަމައެކަނި ނަމެއްކަމަށްވެސް ދާތޯ ޒަކީ ވިދާޅުވިއެވެ.

ޒަކީ ޕީޕީއެމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްވެ ހުންނަވައި ޕީޕީއެމްގެ ބާރުތައް ނެތިކޮށްލައްވައި އަދި އެ ޕާޓީގެ ދެ ނާއިބު ރައީސުންވެސް ވަޒީރުކަމުގެ ލައްޒަތުގައި ޖެހިވަޑައިގެން ރައްޔިތުންގެ ރުހުމާ ލޯތްބި ގެއްލުވާލުމާއި ގުޅިގެން އިތުރަށް ޕީޕީއެމްގައި ހުރެގެން ކުރާނޭ އެއްވެސް ސިޔާސީ މަސައްކަތެއް ނުވަތަ ގައުމީ ޚިދުމަތެއް ނެތްކަމަށެވެ. އެހެންވުމާއި އެ ޕާޓީއިން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީކަމަށެވެ.

ނިމިދިޔަ ރިޔާސީ އިލެކްޝަނާއި ރައްޔިތުންގެ މަޖިލީހުގެ އިލެކްޝަންގައި މެލޭޝިޔާއާއި ކިނބިދޫ ދާއިރާގެ މެންބަރޝިޕް އިތުރުކުރުމާއި ސަޕޯޓު ހޯއްދެވުމުގައި ޒަކީ ވަނީ ހީވާގިކަމާއެކު ގަދައަޅާ މަސައްކަތް ކުރައްވާފައެވެ. އަދި އެ ދާއިރާތަކުގެ މެޖޯރިޓީ ވޯޓު ހޯއްދެވުމުގައި ވަރަށް އިޚުލާސްތެރި މަސައްކަތްތަކެއް ކުރައްވާ ނަތީޖާ ނެރެދެއްވާފައެވެ. މިއަދު ޕީޕީއެމުން އިސްތިއުފާ ދެއްވުމާހަމައަށް އޭނާ ހުންނެވީ ޕީޕީއެމް/ ޕީއެންސީގެ ސްޕެޝަލް އެންވޯއީގެ ގޮތުގައެވެ.

ނަޒާކީ ޒަކީ ސިޔާސީމައިދާނަށް ނުކުމެވަޑައިގެންނެވީ 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ޕާލިމެންޓްރީ އިލެކްޝަންގައި އޭރުގެ "ސްޓްރޯންގްމޭން" ރައީސް މައުމޫނުގެ ޅިޔަނު އިލްޔާސް އިބްރާހީމާއި ޗެލެންޖްކޮށް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ހޮވުމަށެވެ. އެ ފަދަ ނުރައްކާތެރި މާޙައުލެއް އުފެދިފައިވާ  އެދުވަސްވަރު ޑޮކްޓަރ ވަޙީދަށް އިލެކްޝަން ކާމިޔާބު ކުރެވުނުހިސާބުން ފެށިގެން މައުމޫނުގެ އަނިޔާވަނީ ލިބެން ވަނީ ފަށާފައެވެ. އެހެންކަމާއެކު އެ އަނިޔާތަކުން ސަލާމަތްވުމަށްޓަކާ ޒަކީ ވަނީ އަމިއްލަފުޅަށް މެލޭޝިއާއަށް އަރުވާލެވިގެން ދިރިއުޅެން ޖެހިފައެވެ. އަދި އޭނާ ނަޒާކީ ވިޔާފާރިވެސް އެއިރުގެ ސަރުކާރުން ބަގްރޫޓްކޮށްލިއެވެ.

މި ދިމާވި ކަންކަމާއި ގުޅިގެން ދެން ސިޔާސީ މަސައްކަތް ކުރަށްވަން ގުޅިވަޑައިގަންނަވަން ގަސްދު ކުރައްވަނީ ކޮން ޖަމާޢަތަކާތޯ ނޫންނަމަ ސިޔާސީ ޙަޔާތް މިހިސާބުން ކަފުންކުރެއްވީތޯ ނޫންނަމަ އިތުރަށް ސިޔާސީ މަސައްކަތް ކުރައްވަން ވިސްނަވަންތޯ ދެންނެވުމުން ޒަކީ ވިދާޅުވީ ތިކަމަށް މިވަގުތު އިތުރު ޖަވާބެއް ނެތްކަމަށެވެ. 

ނަޒާކީ ޒަކީ އަކީ ރާއްޖެ އިޞްލާޙު ކުރުމަށްޓަކާ ޖާނާއިމާލުން ގުރުބާންވި ބަތަލެކެވެ. ދުލާގަލަމުގެ މިނިވަންކަމަށްޓަކާ އޭނާ ވަނީ މެލޭޝިއާ އަށް އަރުވާލެވިގެން ހުންނަވާ ރައީސް މައުމޫނުގެ އަނިޔާވެރި ސިޔާސަތުތައް "ސަންދާނު މަޖައްލާ" އޮންލައިންކޮށް ޕަބްލިޝްކުރައްވާ ސަރުކާރުގެ އަނިޔާވެރި ކަމާއި ޚިޔާނާތެރިކަން ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވާފައެވެ. 

އޭރު ޒަކީއަކީ ރާއްޖޭގައި ހުރި ބޮޑު މަހުޖުންގެ ތެރެއިން އެކަކުވެސް މެއެވެ. އޭނާ ރައީސް މައުމޫނުގެ އަނިޔާވެރިކަމުން 2001ން 2005 އަށް ޢުމުރު ދުވަހުގެ ޖަލު ޙުކުމެއްވެސް ތަޙަންމަލް ކުރައްވާފައެވެ. އޭގެ އިތުރުން އެއް އަހަރު ދުވަހު ދޫނީދޫ ކުޑަގޮޅީގައި އެކަހަށިކޮށް ބަންދުވެސް ކުރިއެވެ. ޒަކީ އަކީ އެމްޑީޕީ އުފެއްދުމަށްޓަކާ އޭނާގެ ޅިޔަނު އަންނިއާއި އެކު ބުރަ މަސައްކަތްތަކެއްވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގައި މަލްޓިޕާޓީ ސިސްޓަމެއް ގާޢިމްކުރުމަށްޓަކާ ޖާނާމާލުން ގުރުބާންވި ބޭފުޅެއްވެސްމެއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok