މަރުވެފައި އޮއްވާ ފެނުނީ އެމްޑީޕީގެ އެކްޓިވިސްޓު ޖޯރޭ

Follow @loamaaOnline
None

----


އުސްފަސްގަނޑާ ދިމާލުން ކަނޑުމަތިން އޮޔާ ދަނިކޮށް މިއަދު ހަވީރު ފެނުނީ އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކުރިން ހަރަކާތްތެރިވި އިބްރާހިމް ޖައުހަރީ (ޖޯރޭ) ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، އުސްފަސްގަނޑާ ދިމާލު ބޭރު ކަނޑުމަތީގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ހަވީރު ލިބުމާ ގުޅިގެން އޭނާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

މަރުވެފައި އޮއްވައި ފެނުނީ ހ. ވެލަސްފަރުގޭ އިބްރާހިމް ޖައުހަރީ، 62 ކަމަށް ފަހުން ފުލުހުން ބުންޏެވެ.

ޖައުހަރީއަކީ އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވެ ފޮޓޯ ނަގައި އަދި އިސްލާހީ ކަންކަމުގައި އުޅުނު އިސް އެކްޓިވިސްޓެކެވެ.

ޖައުހަރީއަކީ ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލެއް ކަމަށްވާ މަރިޔަމް ޝުނާނާގެ ވެސް ބައްޕަ އެވެ. ޖައުހަރީ ގެންދިޔައީ ނަފްސާނީ އަދި ޖިސްމާނީ ބައްޔަށް ބޭސްކުރަމުން ކަމަށް ވެސް އެނގިފައި ވެ އެވެ.


 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok