ކެބިނެޓަށް ބޮޑު ބަދަލެއް، ޒަމީރު ފިނޭންސަށް، ހަލީލް ފޮރިން މިނިސްޓްރީއަށް!

Follow @loamaaOnline
None

---


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ މުހިންމު ބައެއް މަގާމުތަކަށް ބަދަލު ގެންނަވައި، ތިން މިނިސްޓްރީއަކަށް އަލުން މިއަދު މިނިސްޓަރުން އައްޔަން ކުރައްވައިފި އެވެ.

ފޮރިން މިނިސްޓަރަކަށް އަލަށް އައްޔަން ކުރެއްވީ ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލެވެ. ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި މިހާތަނަށް ހުންނެވި އަބްދުﷲ ނާޒިމް އިބްރާހީމެވެ. ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވި މޫސާ ޒަމީރެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު މިއަދު ވަނީ ހަލީލާއި ޒަމީރު އަދި ނާޒިމް އެ މިނިސްޓްރީތަކަށް އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފަ އެވެ. 

ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަފީގު ވަނީ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފަ އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok