މާލޭގައި ސައިކަލަކާ ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެ

Follow @loamaaOnline
None

--


މާލޭގައި ސައިކަލަކާ ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެއެވެ.

އެ އެކްސިޑެންޓު ހިނގީ މިދިޔަ ބުރާސްފަތިވިލޭރޭ 12:53 ހާއިރު، ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިލެއް ޖެހިގެންނެވެ.

މަންޒަރު ދުށް ފަރާތަކުން ބުނީ، ކަޅު ކުލައިގެ އެކްޒައިޓާ 135 ސީސީގެ ސައިލެއްގައި ބާރު ސްޕީޑުގައި ދުއްވާފައި އައި އެ ޒުވާން ކޮންޓްރޯލްނުވެގެން ގޮސް ޖެހުނީ، ކޮއިމަލާ ހިނގުމަށް އަޅަން އުޅުނު ނޫ ކުލައިގެ ޓެކްސީއެއްގައި ކަމަށެވެ. އެ ޓެކްސީގެ ކުރީ ދޮރުފަތާ ދިމާލުން ސައިލަކު ޖެހުމުން ޓެކްސީއަށާއި ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ގދ. ގައްދޫ ލީވާން 21އ އަށެވެ.

އެ އެކްސިޑެންޓުގައި ލީވާނަށް ބޮޑެތި އަނިޔާތަކެއްވެފައިވާއިރު، އޭނާއަށް ފަރުވާދެމުން ދިޔައީ އައިޖީއެމްއެޗުގެ އެމަޖެންސީގައި ވެންޓިލޭޓަރުގެ އެހީގައެވެ.

އެނގިފައިވާ ގޮތުގައި މިރޭ 2:10 ހާއިރު، ލީވާން ވަނީ މަރުވެފައެެވެ.

މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެފައިވާއިރު، މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްގައިވެސް ވަނީ ޒުވާނަކު މަރުވެފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok