ހެކި ނެތުމުން ޝަމްނާޒަށް ދައުވާ ނުކުރަން ނިންމައިފި

Follow @loamaaOnline
None

None


ސިހުރު ހެދި ކަމަށް ބުނެ ހައްޔަރުކުރި އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމްއާ ދެކޮޅަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.

ސިހުރު ހެދި ކަމުގެ ތުހުމަތުގައި ޝަމްނާޒާއި ސަނާ އަދި ހދ. ވައިކަރަދޫ، ހުސެއިން ސަމީރު ހައްޔަރުކޮށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފަހު ދައުވާ ކޮށްދޭން ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހެކި ނެތުމުން އެ މީހުންނަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. ތަހުގީގަށް ތިން މީހުން ވެސް ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް ޖެހި އެވެ. ނަމަވެސް، މިހާރު އެ މީހުން ތިބީ ކޯޓުން ދޫކޮށްލައިފަ އެވެ.

ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ ދެ ބޭފުޅުންވެސް ތިއްބެވީ ސަސްޕެންޝަންގައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok