ހުތުބާގައި ޒުވާނުންނަށް: ނަމޫނާ ނެގުމުގައި އެ މީހެއްގެ މަގާމާއި އޮފްދާރުކަމަށް ބަލާކަށް ނުޖެހޭނެ!

Follow @loamaaOnline
--

--


ނަމޫނާ ނެގުމުގައި އެ މީހެއްގެ މަގާމާއި އޮފްދާރުކަމަށް ބަލާކަށް ނުޖެހޭނެ ކަމަށް މިއަދު ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާގައި ބުނީ، ރަސޫލާގެ ދައުވަތުގައި ޒުވާނުން ތައްޔާރު ކުރެއްވުމަށާއި  އެ މީހުންގެ ޝަހްސިއްޔަތު ބިނާ ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވި ކަމަށެވެ.  އެގޮތުން ރަސޫލާގެ އިސްލާމީ ދައުވަތު ފަށްޓަވާފައިވަނީ އަލް އަރްޤަމު ބުނު އަބިލް އަރްޤަމުގެ ގެކޮޅުން ކަމަށާއި އޭރު އަރްޤަމުގެ އުމުރުފުޅަކީ ބާރަ އަހަރު ކަމަށެވެ.

ޒުވާނުންނަށް އަމާޒުކޮށް މިއަދުގެ ހުތުބާއި ވަނީ ވިސްނާނުލައި އެއްވެސް ކަމެއް ނަކަލު ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އެއީ، އިހްތިޔާރުކުރާ ނަމޫނާއަކީ އެ މީހަކަށް އާހިރަތް ލިބުމާއި ނުލިބުންވެސް ބިނާވެގެންވާ ކަމަކަށްވާތީ ކަމަށް ބުންޏެވެ.

"ތިބާ ތީރި ނަމޫނާއަކަށްވަށެވެ! ނަމޫނާ ދެއްކުމުގައި މީހާގެ މަގާމަކަށް ބަލާކަށް ނުޖެހެއެވެ. އިޖުތިމާއީ ދަރަޖައަކަށް ބަލާކަށް ނުޖެހެއެވެ. ތަނަވަސްކަމަށް ބަލާކަށް ނުޖެހެއެވެ. މީޑިއާގައި އޭނާގެ އޮފްދާރު ކަމަަށް ބަލާކަށް ނުޖެހެއެވެ. މިކަމުގައި ބަލަން ބޭނުންވަނީ އަގީދާއަށާއި ހުލްގަށާއި އަމަލަށެވެ." ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، މިއަދު ދިވެހި ގައުމު އެދި ގޮވަނީ ވިސްނުންތޫނު، ވާޖިބު އަދާކުރާ އިލްމީ، ގާބިލު މުއުމިނު ޒުވާނުންނަށް ކަމަށެވެ. އަދިި ގައުމަށް ބޭނުންވަނީ ދިވެހީންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ، ކަންނެތްކަމާއި ދުރު މަސައްކަތްތެރި  އިހްލާސްތެރި ޒުވާނުންނަށް ކަމަށާއި އެފަދަ ޒުވާނުންގެ ޖީލެއް އުފެއްދޭނީ މުޅި މުޖުތަމައު އެކުގައި ޒުވާނުން ބިނާކުރުމުގެ މަސައްކަތް ކޮށްގެން ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok