ގޭގައި މިހާރު ކައްކަނީވެސް ބިދޭސީން، އަނބިމީހާ އިންނަނީ ކަސޯޓީ ބަލަން: މެންބަރު ޝަރީފް

Follow @loamaaOnline
None

---


މިއަދު ގޭގައި ކައްކާ ކާއެތިކޮޅުވެސް ދެނީ ބިދޭސީއެއް ކަމަށާއި، އަންހެނުން ތިބެނީ ގޭގައި ކަސޯޓީ ބަލަންކަމަށް ހުޅުމާލޭ އުތުރު ދާއިރާގެ ސަރުކާރު މެމްބަރު ހުސައިން ޝަރީފު (ހުސެއިންބެ) ވިދާޅުވެއްޖެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާޙު ހުށަހެޅުމުގެ ބިލަށް ވާހަކަ ދައްކަވަމުން  ޝަރީފު ވިދާޅުވީ، މިއަދު ހުރިހާ އިންޑަސްޓްރީއެއްގައި ބިދޭސީން އަތްގަދަ ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި މަސްވެރިކަމާއި ވިޔަފާރިއާއި ކެފޭތައް ހިމެނޭކަމަށެވެ.

"މަސްވެރިކަމަށް ބެލިޔަސް ބިދޭސީން، ކަންމަތީ ފިހާރައަކަށް ބެލިޔަސް ބިދޭސީން، ސައިހޮޓަލަކަށް ވަނަސް ބިދޭސީން، ހުރިހާ ކޭޝިއަރުންނަށް ބެލިޔަސް ބިދޭސީން، މިގޮތަށް ގޮސް ކިޔާނެ ކަމެއް ނެތް، އަޅުގަނޑުމެން ގޭގައި ކައްކާ ކާއެތިކޮޅު އަޅުގަނޑުމެންގެ ގޭތެރެއިން ފޯރުކޮށްދޭން އަނބިމީހާގެ ބަދަލުގައި ވެސް މިހާރު ހުރީ ބިދޭސީއެއް. އަނބިމީހާ އޮންނަނީ ގޭގައި ރީތިކޮށް ދެފައިދަމައިގެން. އިންނަނީ ކޮންމެވެސް ކަސޯޓީއެއް، ކޮންމެވެސް އެހެން އެއްޗެއް ބައްލަވަން" ޝަރީފް ވިދާޅުވިއެވެ. 

ޝަރީފް ވިދާޅުވި ގޮތުގައި ގޭގައި ކެއްކުމަށް އާއްމުކޮށް ގެންގުޅެނީވެސް ބިދޭސީ ފިރިހެނުން ކަމަށެވެ. 

މެމްބަރުގެ އެ ވާހަކައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ ދަނީ އަމާޒުވަމުންނެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok