ކުށުގެ ވެށީގައި އުޅޭ ކުދިންލުމަށް ހާއްސަކުރަނީ ދ. ވާނީ!

Follow @loamaaOnline
None

ދ. ވާނީ---


ކުށުގައި އުޅޭ ކުޑަކުދިން އިސްލާހުކުރަން ހަދަން ނިންމާފައިވާ "ހޯޕް އައިލެންޑް" ގެ ގޮތުގައި ބޭނުން ކުރާނީ ދ. ވާނީ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އެ ރަށުގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ ރަށުގައި ބައިތިއްބާ ކުދިން ލައްވައި ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން، ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް ކުރުވައި، ރަސްމީ ތައުލީމާއި ކަސްރަތު ކުރުން އަދި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ. އަދި  އެ ކުދިން ގާތަށް އެއްފަހަރާ 60 އާއިލާއަކަށް ގޮސް ތިބެވޭނެ ގޮތަށް އެކޮމޮޑޭޝަންވެސް ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ. 

"ހޯޕް އައިލެންޑޭ މި ކިޔަނީ، އުއްމީދެއް މި ގެނެސް ދެނީ މި ކުދިންނަށްވެސް އަދި ކުދިންގެ މައިންބަފައިންނަށް ވެސް އެ ކުދިން އުޅެމުންދާ މުޖުތަމައު އަދި މުޅި ގައުމަށް ވެސް ދެނީ އުއްމީދެއް މިހާރު ކުށުގެ މާހައުލުގައި އަދި ކުށަށް އަރައިގަތުމުގެ ރިސްކުގައި މި ތިބަ ކުދިން، ކުރިއަށް އޮތް ތަނުގައި ގައުމުގައި ބޭނުންތެރި ބަޔަކަށް، ޒުވާނުންތަކަކަށް ހެދިގެންދާނެ އެކަމުގެ އުންމީދުގައި." މިނިސްޓަރު ވިދާޅުވިއެވެ.

ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ކަމަށް މިހާރު ކަނޑައަޅާފައިވާ 15 އަހަރުގެ ބަދަލުގައި 12 އަހަރު ކަނޑައަޅަން ނިންމައިފައެވެ. 

ދ. ވާނީ އަކީ 2004 ގެ ސުނާމީއާ ގުޅިގެން މީހުން ބަދަލުކުރި ރަށެކެވެ. ފަހުން އެރަށް ބޭނުންކޮށްފައިވަނީ ފުލުހުންގެ ޓްރެއިނިން ސެންޓަރެއްގެ ގޮތުގައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok