ކުރީގެ މެންބަރު ނިހާދަށް ޓޫރިޒަމްގެ ސްޓޭޓު މިނިސްޓަރުކަން ދީފި

Follow @loamaaOnline
None

ކުރީގެ މެންބަރު ނިހާދު----- ފޮޓޯ; ރައްޔިތުންގެ މަޖިލިސް އިދާރާ


ދައުލަތުގެ ހަރަދު ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނިހާދު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ނިހާދު ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. 

ނިހާދަކީ، އެމްޑީޕީގެ ވެރިކަން ނިމުމާއެކު، އެ ޕާޓީ ދޫކޮށް ޕީއެންސީއާ ގުޅުނު ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުންގެ ތެރެއިން މެންބަރެކެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމުގެ ވައުދާއެކުގަ އެވެ. ނަމަވެސް، އެ އަދަދު އެއަށްވުރެ މިހާރު އިތުރުވެފައިވާ ކަމަަށް މައުލޫމާތު ލިބެއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok