އުރީދޫ އަތޮޅު ދުވުމުން މި މަހު ފެންނާނީ ކަނޑޫދޫ

Follow @loamaaOnline
kandoodhoo

ކަނޑޫދޫގެ މަގެއްގެ މަތި-- ފޮޓޯ: ކަނޑޫދޫ/ފޭސްބުކް


އުރީދޫ އަތޮޅު ދުވުމުން މި މަހު ފެންނާނީ ތ. ކަނޑޫދޫއެވެ. 

އުރީދޫ މޯލްޑިވްސް އިން މިއަދު ބުނީ، މި މަހު އުރީދޫ އަތޮޅު ދުވުން ކުޅެގެން އެއް ވަނައަށް ދާ ފަރާތަކަށް ސަބްސްކްރިޕްޝަން އެމްވީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ސަބްސްކްރިޕްޝަން ބަންޑްލްއެއް ދޭނެ ކަމަށެވެ. 

މި މަހުގެ ޕާޓްނާ ސަބްސްކްރިޕްޝަން އެމްވީގެ ފަރާތުން ހުށައަޅާފައިވާ އެއް އަހަރު ދުވަހުގެ ބަންޑްލްގައި ހިމެނެނީ ޕްރައިމް ވީޑިއޯ، ކްރަންޗީރޯލް، ޖިއޯސިނަމާ އަދި ސާފްޝާކެއް ކަމަށް އުރީދޫން ބުންޏެވެ. 

އުރީދޫ އަތޮޅު ދުވުމަކީ އުރީދޫ މޯލްޑިވްސްގެ 2024ގެ ކަލަންޑަރާއެކު ތައާރަފު ކުރި ގޭމެކެވެ. 

މިއީ ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ ކެސުއަލް ރަނާ ގޭމެވެ. ކޮންމެ މަހަކު ކުޅެގެން ލީޑަބޯޑުގެ އެއްވަނަ އަށް ދާ ފަރާތަކަށް އަގުހުރި އިނާމުތައް ލިބިގެންދެއެވެ. މި މަހު މަހު މިގޭމުގައި ފެނިގެން ދާނީ ތ. ކަނޑޫދޫ ކަމަށް އުރީދޫން ބުންޏެވެ.  

އުރީދޫ އަތޮޅު ދުވުމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމައެކަނި އެ މަހަކުއެވެ. ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާއިރު، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok