2023 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށައެޅުމުގެ ސުންގަޑި : ހުލާސާ ގައިޑެއް

Follow @loamaaOnline
A person doing taxes at beach

None


އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު 25/2019 ގެ ދަށުން 2023 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ ޝަރުތުތައް ފުރިހަމަވާ ޓެކްސް ދައްކާ ފަރާތްތަކުން 30 ޖޫން 2024 ގެ ކުރިން ފައިނަލް ޓެކްސް ބަޔާން ހުށަހަޅަން ޖެހެއެވެ. ބަޔާން ހުށައެޅުމާއި ފައިސާ ދެއްކުމާ ގުޅޭ ގޮތުން ތިމާގެ ޒިންމާތައް ދެނެގަތުމަކީ ކޮމްޕްލަޔަންސް ދެމެހެއްޓުމަށާއި ޖޫރިމަނާތަކުން ދުރުހެލިވުމަށް ވަރަށް މުހިންމު ކަމެކެވެ.
މި ޓެކްސް ގެ ޒިންމާގެ މައިގަނޑު ކަންތައްތަކަށް ބަލާލަމާ ހިނގާށެވެ.


އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ލާޒިމުވަނީ ކާކު؟
އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި ފްރީލާންސަރުންނާއި ރާއްޖޭގައި ހިންގާ ހުރިހާ ވިޔަފާރީތަކެއް ހިމެނޭ ގޮތަށް އާމްދަނީ ލިބޭ ހުރިހާ ފަރާތްތަކުން، އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ނުވާހާ ހިނދަކު އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭނެއެވެ.


އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގައި ލިބޭ ލުއިތައް:
2023 ވަނަ ޓެކްސް އަހަރަށް، ތިރީގައިވާ ޝަރުތުތައް ފުރިހަމަވާނަމަ އިންކަމް ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.


ވަކިވަކި ފަރުދުން:
•    ތިބާއަކީ އެންމެ ވަޒީފާދޭ ފަރާތަކުން އާމްދަނީ ލިބޭ ފަރާތެއްނަމަ. ނުވަތަ
•    2023  ވަނަ އަހަރު އަދި 2022 ވަނަ އަހަރުގެ ޓެކްސްބިނާކުރެވޭ އާމްދަނީ (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހިސާބުކުރެވޭ ޓެކްސް ބިނާކުރެވޭ ފައިދާ) 720،000 ރުފިޔާއަށްވުރެ (ކޮންމެ އަހަރަކަށް ވަކިން) މަދު ނުވަތަ އެއާ އެއްވަރުގެ އަދަދެއްނަމަ؛ އަދި 2023 ވަނަ އަހަރު އަދި 2022 ވަނަ އަހަރުގެ ޓެކްސް އަހަރުގެ ޖުމްލަ އާމްދަނީ އަކީ 2،000،000 ރުފިޔާއަށްވުރެ (ކޮންމެ އަހަރަކަށް ވަކިން) ރުފިޔާއަށްވުރެ ކުޑަ ނުވަތަ އެއާ އެއްވަރުގެ އަދަދެއްނަމަ.

ފަރުދުންނާއި ބޭންކުތައް ފިޔަވައި އެހެން ފަރާތްތައް (ކޮމްޕެނީސް، ޕާޓްނާޝިޕްސް، ޑީމްޑް ޕާޓްނަރޝިޕްސް ހިމެނޭގޮތަށް):
•    2023  ވަނަ އަހަރު އަދި 2022 ވަނަ އަހަރުގެ ޓެކްސްބިނާކުރެވޭ އާމްދަނީ (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހިސާބުކުރެވޭ ޓެކްސް ބިނާކުރެވޭ ފައިދާ) 500،000 ރުފިޔާއަށްވުރެ ކުޑަ ނުވަތަ އެއާ އެއްވަރުގެ އަދަދެއްނަމަ؛ އަދި 2023 ވަނަ އަހަރު އަދި 2022 ވަނަ ޓެކްސް އަހަރުގެ ޖުމްލަ އާމްދަނީ އަކީ 2،000،000 ރުފިޔާއަށްވުރެ (ކޮންމެ އަހަރަކަށް ވަކިން) ކުޑަ ނުވަތަ އެއްވަރުގެ  އަދަދެއްނަމަ.

ނަމަވެސް މި ލުއިތައް ނޮން ރެސިޑެންޓް ޝިޕިން ނުވަތަ އެއާކްރާފްޓް އޮޕަރޭޓަރުންނާއި އިންޝުއަރެންސް ވިޔަފާރި ކުރާ ފަރާތްތަކާއި ރާއްޖޭގައި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ވިޔަފާރި ކުރާ ރާއްޖޭގައި ރަށްވެހި ނޫން ފަރާތްތަކާއި ވަޒީފާ އާއި އާމްދަނީއާ ގުޅޭ ބައެއް ޝަރުތުތައް ފުރިހަމަވާ ފަރާތްތައް ނުހިނގާނެއެވެ.


މި އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާވާނަމަވެސް ކުންފުނިތަކުން އަހަރީ މާލީ ބަޔާންތަކާއި ޑިރެކްޓަރުންގެ ރިޕޯޓް ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ހުށަހަޅަން ކުންފުނިތަކުގެ ގާނޫނުގެ ދަށުން ލާޒިމްކުރެ އެވެ.


އިންކަމް ޓެކްސް: އިންކަމް ޓެކްސްގެ ގޮތުގައި ދައްކަން ޖެހެނީ ކިހާ ވަރެއް؟
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ހަތް ވަނަ މާއްދާގައިވާ ގޮތުން ވަކިވަކި ފަރުދުންގެ ޓެކްސް އަހަރަށް ޓެކްސް ބިނާކުރެވޭ އާމްދަނީ 720،000 ރުފިޔާއަށް ވުރެ ކުޑަނަމަ އެފަރާތްތަކުން އިންކަމް ޓެކްސް ދައްކަން ނުޖެހޭނެ އެވެ. 720،000 ރުފިޔާއަށްވުރެ ބޮޑު ޓެކްސް ބިނާކުރެވޭ އާމްދަނީއެއް ލިބޭނަމަ، ޓެކްސް ދައްކަން ޖެހޭނީ ތިރީގައިމިވާ ޓެކްސް ބްރެކެޓްތަކުގެ ދަށުންނެވެ.


•    ޓެކްސް ބިނާކުރެވޭ އާމްދަނީ 720،000 ރުފިޔާއަށް ވުރެ ދަށް: 0 ޕަސެންޓް
•    720،001 ރުފިޔާއާއި 1،200،000 ރުފިޔާއާ ދެމެދުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ: 5.50 ޕަސެންޓް
•    1،200،001 ރުފިޔާއާއި 1،800،000 ރުފިޔާއާ ދެމެދުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ: 8 އިންސައްތަ
•    1،800،001 ރުފިޔާއާއި 2،400،000 ރުފިޔާއާ ދެމެދުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ: 12 އިންސައްތަ
•    ޓެކްސް ބިނާކުރެވޭ އާމްދަނީ 2،400،000 ރުފިޔާއަށް ވުރެ ބޮޑު: 15 ޕަސެންޓް

  އަމިއްލަ ފަރުދުންނާއި ބޭންކުތައް ފިޔަވައި އެހެން ފަރާތްތަކަށް (ކުންފުނިތަކާއި ޕާޓްނާޝިޕްތަކާއި އެހެނިހެން އިދާރާތައް ހިމެނޭގޮތަށް) ފަސް ލައްކަ ރުފިޔާއަށްވުރެ ބޮޑު ޓެކްސްބިނާކުރެވޭ އާމްދަނީއެއް ލިބޭނަމަ ފަސް ލައްކައަށްވުރެ އިތުރުވާ އަދަދަކުން 15 ޕަސެންޓުގެ ފްލެޓް  ރޭޓުގައި ޓެކްސް ދައްކަން ޖެހޭނެއެވެ.


އެކައުންޓިންގ ބޭސިސް
އަހަރަކު 10،000،000 ރުފިޔާ (ދިހަ މިލިއަން ރުފިޔާ) އަށް ވުރެ ބޮޑު ނޫން ޖުމްލަ އާމްދަނީއެއް ލިބޭ ފަރާތްތަކުން،  ހިސާބުތައް ތައްޔާރުކުރުމުގަޔާއި ބަޔާން ހުށައެޅުމަށް ކޭޝް ބޭސިސް ނުވަތަ އެކްރުއަލް ބޭސިސް ޚިޔާރު ކުރެވިދާނެއެވެ.


ކޭޝް ބޭސިސް: ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ބަލާނީ އެ ފަރާތަކަށް އެ އަހަރެއްގެ ތެރޭގައި ފައިސާއިން ލިބުނު އާމްދަނީއަށާއި  އެ އަހަރުގެ ތެރޭގައި ފައިސާއިން ކުރެވުނު ޚަރަދަށެވެ.


އެކްރޫއަލް ބޭސިސް: ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ ފަރާތަކަށް އެ އަހަރެއްގެ ތެރޭގައި ފައިސާއިން ލިބުނު އާމްދަނީ އަދި ފައިސާއިން ކުރި ޚަރަދުތަކަށް ބެލުމުގެ ބަދަލުގައި ހިސާބުކުރުމުގައި ބަލާނީ އެ އާމްދަނީއެއް ނުވަތަ ޚަރަދަކާއި ގުޅޭ މުއްދަތެއްގައި އެ އާމްދަނީއެއް ނުވަތަ ޚަރަދެއް ހިމެނޭ ގޮތަށެވެ. 
އަހަރަކު ދިހަ މިލިޔަން ރުފިޔާއަށް ވުރެ މަތިން ޖުމްލަ އާމްދަނީ ލިބޭ ފަރާތްތަކުން މާލީ ބަޔާންތައް އަދި އިންކަމް ޓެކްސް ބަޔާން ތައްޔާރުކުރަން ޖެހޭނީ އެކްރޫއަލް ބޭސިސްއަށެވެ. 


އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތައް:
އަހަރަކު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން މާލީ ބަޔާނާއެކު އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަން ޖެހެއެވެ. 

 

ސުންގަޑީގެ ކުރިން ބަޔާން ހުށައަޅައި ފައިސާ ނުދެއްކުމުގެ އަދަބުތައް:
އިންކަމް ޓެކްސް ބަޔާން ސުންގަޑީގެ ކުރިން ހުށަނާޅައިފިނަމަ ޖޫރިމަނާގެ ގޮތުގައި ބަޔާން ހުށަނާޅައި ލަސްވާ ކޮންމެ ދުވަހަކަށް 50 ރުފިޔާ އާއި އެ ބަޔާނާ ގުޅިގެން ދައްކަންޖެހޭ ޓެކްސްގެ %0.5  އަދަދުން ޖުރިމަނާ ވާނެއެވެ. އަދި ފައިސާ ދެއްކުން ލަސްވެއްޖެނަމަ އެ ބަޔާނާ ގުޅިގެން ދައްކަންޖެހޭ ޓެކުހުގެ އަދަދުގެ %0.05 އިންސައްތަ ލަސްވާ ކޮންމެ ދުވަހަކަށް ޖުރިމަނާގެ ގޮތުގައި ދައްކަން ޖެހޭނެއެވެ.


އިންކަމް ޓެކްސް ބަޔާން ހުށަހެޅުން:
އިންކަމް ޓެކްސް ބަޔާނާއި އެއާ ގުޅޭ ލިޔެކިޔުންތައް އޮންލައިންކޮށް މީރާގެ އޮންލައިން ޕޯޓަލް "މިރާކަނެކްޓް" މެދުވެރިކޮށް ހުށަހަޅަން މީރާއިން ބާރުއަޅައެވެ.

ލިޔުނީ ސީއެސްޓީ އެޑްވައިޒަރީ:
ސީއެސްޓީ އެޑްވަރިޒަރީ އަކީ ތަޖުރިބާކާރު ޓެކްސް، އެކައުންޓިންގް އަދި ފައިނޭންސް ޕްރޮފެޝަނަލުންގެ ޓީމެކެވެ. ބަޔާން ހުށައެޅުމުގެ ސުންގަޑިތައް ދެނެގަތުމާއި، ޓެކްސް ހިސާބުކުރުމަށް އަދި ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމަށް އަޅުގަނޑުމެންގެ އެހީތެރިކަން ބޭނުންންވާނަމަ ތިރީގައިވާ ފޯމް މެދުވެރިކޮށް އަޅުގަނޑުމެންގެ އެހީތެރިކަމަށް އެދިލެއްވޭނެއެވެ.

ކޮންޓެކްޓް ސީއެސްޓީ އެޑްވައިޒަރީ


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok