"ބިންވެރިޔާ" ސްކީމުން އެޗްޑީސީއަށް 11 ބިލިއަން ރުފިޔާގެ ގެއްލުން

Follow @loamaaOnline
None

ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުން--- ފޮޓޯ: އެޗްޑީސީ


ބިންވެރިޔާ ސްކީމަށް ހުޅުމާލެއިން ދޫކުރި ބިމުގެ ސަބަބުން އެޗްޑީސީއަށް 11 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް އޮޑިޓް އޮފީހުން މިއަދު
ބުނެފި އެވެ.

އޮޑިޓް އޮފީހުން އާންމުކުރި މިދިޔަ އަހަރުގެ ބަޖެޓު ރިވިއުގައި، ހުޅުމާލެއިން "ބިންވެރިޔާ" ސްކީމުގެ ދަށުން ލިބޭ ގެއްލުމުގެ އަދަދު 7.2 - 10.5 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ ބިމުގެ އަގު ކަމުގައިވާ 7.7 ބިލިއަން ރުފިޔާ އާއި ދޫކުރި ބިން ކުއްޔަށް ދީގެން ލިބޭނެ ކަމަށް ލަފާކުރާ 3.3 ބިލިއަން ރުފިޔާގެ އާމްދަނީ އެޗްޑީސީއަށް ގެއްލުމުންނެވެ.

އޮޑިޓް އޮފީހުން ބުނީ، އެޗްޑީސީއަށް ލިބުނު އާމްދަނީގެ ގެއްލުމުގެ ބަދަލު ދިނުމަށް "ގަލުފަޅު" އާއި މާގިރިފަޅު" ދީފައިވާ ކަމަށެވެ. އަދި ގެއްލިގެންދާ ބިމުގެ އަގު ކަމުގައިވާ 7.7 ބިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

އެ ރިޕޯޓުގައި ވަނީ،  ރާއްޖޭގެ އެންމެ އަގު ބޮޑު ބިމުން ހިލޭ ބިން ދޫކުރުމުގައި މުޅި ދައުލަތަށް މާލީ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު ކުރިއަށް އޮތް އަހަރުތަކުގައިވެސް ކުރާނެ ކަމަށް ބުނެފައެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން 1،000 ގޯތި ވަނީ ދޫކޮށްފަ އެވެ. އެއީ 1.2 މިލިއަން އަކަފޫޓުގެ ބިމެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok