ދިވެހި ހައްޖާޖީއަކަށް ހާޓް އެޓޭކެއް ޖެހި ފަރުވާ ދެނީ

Follow @loamaaOnline
None

ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހިންގެ ބައެއް-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ދިވެހި ހައްޖާޖީއަކަށް ހާޓް އެޓޭކެއް ޖެހި ފަރުވާދެމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހައްޖުގެ މަތިވެރި އަޅުކަމަށް ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި، މިނިސްޓަރު ވިދާޅުވީ މީގެ ދެތިން އަހަރަކުރިން ބޮޑެތި ބަލިތަކުގައި އުޅެމުންދާ ފަރާތްތަކަށް ހާއްސަ ކޯޓާތަކެއް ދޫކޮށް އެ މީހުން ހައްޖުގެ މަތިވެރިކަން އަދާ ކުރުމަށް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.

އެގޮތުގެ މަތިން މިފަހަރު ހައްޖުގެ އަޅުކަމަށް ދިޔަ އެ ފަދަ ފަރާތަކަށް ހާޓްއެޓޭކެއް ޖެހި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

"މިވަގުތާއި ހަމައަށް ލިބިފައި ހުރި ހަބަރުތަކަށް ބަލާއިރުގައި އިރާދަކުރެއްވިއްޔާ ރަނގަޅު، އަޅުގަނޑު ވާނީ އެ ބޭފުޅާގެ އާއިލާ މީހުންނަށް ގުޅާފައި، ރާއްޖޭގައި އެބޭފުޅާގެ އާއިލާ މީހުންނަށް ގުޅާ ހާލު އެ ބޭފުޅުންނަށް ފޯރުކޮށްދީފައި، އަދި ހައްޖު ކޯޕަރޭޝަނުންނާއި ސަރުކާރުގެ ހައްޖު މިޝަންގެ ފަރާތުންވެސް ވަރަށް ގާތުން އެ ބަލި މީހާގެ ކަންތައް ދަނީ ބަލަމުން،". ޝަހީމް ވިދާޅުވިއެވެ.

ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ވަކި ހާއްސަ ޑޮކްޓަރުންގެ ޓީމެއް ހައްޖު ކޯޕަރޭޝަނާއި ހައްޖު މިޝަންގައިވެސް ތިބޭކަން ޝަހީމް ފާހަގަކުރެއްވިއެވެ. އަދި ހައްޖުވެރިން ތިބި ހޮޓެލްގައި ކްލިނިކެއްވެސް ގާއިމް ކުރެވިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok