ސަރުކާރުން މި ދައުރުގައި މަޖިލީހަށް ހުށަހަޅަނީ 37 ބިލް

Follow @loamaaOnline
None

ރައީސް މުއިއްޒު އަދި އޭޖީ އުޝާމް: ގާނޫނު އަސާސީ އިސްލާހު ކުރުން ހިމެނޭހެން، ސަރުކާރުން މި ދައުރުގައި މަޖިލީހަށް ހުށަހަޅަނީ 37 ބިލެއް - ފޮޓޯ: ރައީސް އޮފީސް


ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ޖުމްލަ 37 ބިލެއް މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.

މަޖިލީހުގެ ޖުމްލަ 79 މެންބަރުންނާއެކު މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ އަތުގައެވެ. 

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ޖުމްލަ 200 ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އޭގެ ތެރެއިން މި ދައުރުގައި ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ލިސްޓް މިހާރު ވަނީ މަޖިލީހަށް ފޮނުވާފަ އެވެ.

ސަރުކާރުން ހުށަހަޅާ 37 ބިލު

  • ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު
  • ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު
  • ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ބޯހިޔާވަހިކަމުގެ ބިލު
  • ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު
  • އާބަން ޕްލޭނިން އަދި އާބަން ތަރައްގީކުރުމާ ހިންގުމުގެ ބިލު
  • ބިނާވެށި ޕްލޭންކުުރުމާއި ތަރައްގީކުރުމާ ހިންގުމުގެ ބިލު
  • ބިމުގެ ބިލު
  • ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލު
  • ނަފްސާނީ ސިއްހަތު ބިލު
  • ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު
  • ދައުލަތުގެ ދަރަންޏާގުޅޭ ބިލު
  • ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ގާނުނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  • ޖިނާއި މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ބިލު
  • ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އެންޓި-ޑިފެކްޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ފޮރިން އިންވެސްޓްމަންޓު ބިލު
  • މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ބިލު
  • ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލު
  • އިންޝުއަރެންސާބެހޭ ބިލު
  • މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަސްތުވާތަކެއްޗާ ނެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އެޓާނީ ޖެނެރަލްގެ އޮފީހުގެ ބިލު
  • ޖަނަވާރުގެ ސިއްހަތާބެހޭ ބިލު
  • ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ބްރޯޑްކާސްޓްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok