ގްރީން ޒޯނުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފި، ތިން ސައިކަލު އެއްކޮށް އަނދާ ހުލި

Follow @loamaaOnline
None

ތިން ސައިކަލު އަނދާ ހުލިވެފައި -- ސަން ފޮޓޯ/ މާހިލް އާތިފް


ރައްޔިތުންގެ މަޖިލިސް ކުރިމަތީ ހުންނަ ޕާކިން ޒޯނުގައި ބަހައްޓާފައި ހުރި ސައިކަލުތަކެއްގައި ރޭ ދަންވަރުގެ ވަގުތެއްގައި ރޯކޮށްލައިފިއެވެ.

މި ހާދިސާގައި ތިން ސައިކަލު އެއްކޮށް ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާއިރު، އެ ސައިކަލުތައް ކައިރީގައި ޕާކުކޮށްފައި އޮތް ވޭނެއް ވެސް އަދި އިތުރު ހަތަރު ސައިކަލަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، ސައިކަލުތަކެއްގައި ރޯކޮށްލި ކަމަށް ރޭ ދަންވަރު 3:03 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މަންޒަރު ދުށް މީހާ ކިޔައިދިން ގޮތުގައި ސައިކަލުތަކުގައި ރޯވުމާ އެކު ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އަދި، އަލިފާންގަނޑު ނިއްވާލުމުން ފުލުހުން ވަނީ އެ ސަރަހައްދުގައި ޓޭޕު ދަމާ ބަންދުކޮށްފައެވެ.

މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވި ނަމަވެސް ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހާ ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok