ސްޓާލިންކަށް ލައިސަންސް ލިބުނު ދެކުނު އޭޝިއާގެ ފުރަތަމަ ގައުމަކަށް ރާއްޖެ

Follow @loamaaOnline
--

--


ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ސްޕޭސް އެކްސް އިން ހިންގާ "ސްޓާލިންކް" އަށް، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ލައިސަންސް ދޫކޮށްފި އެވެ.

އެއާއެކު ރާއްޖެ މިހާރު ވެފައި ވަނީ ސްޓާލިންކަށް ލައިސަންސް ދޫކުރި ދެކުނު އޭޝިއާގެ ފުރަތަމަ ގައުމަށެވެ. ސްޓާލިންކްއަކީ ޓެސްލާ އާއި ޓުވިޓާގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ ތަނަވަސް މީހާ، އިލޮން މަސްކްގެ މަޝްރޫއެކެވެ. 

ސްޓާލިންކަށް ރާއްޖޭގައި އޮޕަރޭޓްކުރުމުގެ ލައިސަންސް ދީފައިވަނީ، ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ހެޑް އޮފީހުގައި އިއްްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ޓެކްނޮލޮޖީއާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ވަނީ ސްޕޭސް އެކްސްގެ ސީނިއާ ޑިރެކްޓަރު ގްލޯބަލް ލައިސަންސިން އެންޑް އެކްޓިވޭޝަން، ރަޔަން ގުޑްނައިޓްއާ ލައިސަންސް ހަވާލުކޮށްދެއްވައިފަ އެވެ.

އެ ލައިސަންސް ދޫކުރީ ސްޓާލިންކްގެ ހިދުމަތް ރާއްޖެއަށް ދިނުމަށް އުފައްދާފައިވާ ސްޓާލިންކް ސާވިސް މޯލްޑިވްސް އަށެވެެ.

ސްޓާލިންކަށް އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ލައިސަންސް ދިނުމާއެކު، ރާއްޖޭގައި ހަތަރު ފަރާތަކުން އިންޓަނެޓްގެ ހިދުމަތް ދޭނެއެވެ. އެއީ ސްޓާލިންކްގެ އިތުރުން ދިރާގާއި އުރީދޫ އަދި ރާއްޖެ އޮންލައިން އެވެ.

ސްޓާ ލިންކް އިން ކަނޑައަޅާއި އޮތް ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ސިކުންތަކު 300 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެ ގޮތްވެސް ހެދިއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok